
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފްރެންޗް ލީގުގައި ރޭ މޮނާކޯ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެ ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ. މޮނާކޯ އަތުން ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމަށް ވަނީ 21 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް މާސޭ އަށް 20 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް މޮނާކޯ އަށް 21 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.
ޕީއެސްޖީގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިން އެ ކްލަބުން ވަނީ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އާއި ތިން ކުޅުންތެރިއަކާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަން އިއުލާން ކޮށްފަ އެވެ. އެގޮތުން ކޯޗު ލުއިސް އެންރީކޭ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް އިތުރު ކޮށްފައިވާއިރު ކަނާތު ބެކް އަޝްރަފު ހަކީމީ އާއި ވާތު ބެކް ނޫނޯ މެންޑޭޒްގެ އިތުރުން މިޑްފީލްޑަރ ވިޓީނިއާ އާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމުގެ ވިޓީނިއާ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީއަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 11 މިނިޓު ފަހުން މޮނާކޯގެ ޑެނިސް ޒަކަރިއްޔާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި މެޗުގައި ދެވަނަ ފަހަރަށް ޕީއެސްޖީ އަށް ކުރި ހޯދަދީފައިވަނީ އެ ޓީމާއި އަލަށް ގުޅުނު ކްވަރަޓްސްކޭލިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނިމިގެންދިޔަ ސީޒަނުގައި އިޓާލީއަން ލީގުގެ ޗެމްޕިއަންކަން ނަޕޮލީ އިން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކްވަރަޓްސްކޭލިއާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 54 ވަނަ މިނިޓުގަ އެވެ. އޭނާ ޕީއެސްޖީ އާއި ގުޅިފައިވަނީ ނިމިގެންދިޔަ ޖެނުއަރީ މަހު ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޔޫރޯގެ ޓްރާންސްފާރ ފީއަކަށެވެ. މި މެޗުގެ 57 ވަނަ މިނިޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭނާ ވަނީ މެޗުގެ ފަހު މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި 27 އަހަރުގެ ޑެމްބެލޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު މި ސީޒަނުގައި ފްރެންޗް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 16 އަށް އަރާފަ އެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
