
ވެލިޑޭޓް ކުރުމަށްފަހު ނުގެންގޮސް ހުރި ސަނަދުތަކާ ހަވާލު ވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެދިއްޖެ އެވެ. އެމްކިއުއޭޢިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކިއެކި ފަރާތްތަކުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ވެލިޑޭޓް ކޮށްފައިވާ ސަނަދު ތަކުގެ ތެރޭގައި، ކުރިން ވެލިޑޭޓް ކޮށްފައިވާ ގިނ ސަނަދުތަކެއް ވެރިފަރާތުން ނުގެންގޮސްވާކަށް ފާހަގަކޮށްފައެވެ.
އެ އިދާރާއިން ބުނީ 31 ޑިސެންބަރު 2022 ގެ ކުރިން ވެލިޑޭޓް ކޮށްފައިވާ ސަނަދުތައް، 31 ޖުލައި 2025 ގެ ކުރިން އެ ސަނަދުތަކެ ވެރިފަރާތުން ހަވާލުވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން މި މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރެވޭނެ ކަމަށް ބަޔާކުގައި ބުނެފައި ވެއެވެ. އެމްކިއުއޭއިން ބުނީ 31 ޖުލައި 2025 ގެ ފަހުން އެ ތާރީހުގެ ސަނަދެއް ބޭނުނެވެއްޖެނަމަ ލިބޭނީ އަލުން އެޕްލިކޭޝަނެއް ގޮތުގައި ހުށަހަޅައިގެން ވެލިޑޭޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށްފަހު ކަމަށެވެ.
އަދި މިއާއެކު، ވޭތުވެދިޔަ ދެ އަހަރު ކަމުގައިވާ 2023 އަދި 2024 ގައި ވެލިޑޭޓްކޮށް ވެރިފަރާތުން ހަވާލުނުވާ ސަނަދުތަކާވެސް ވި އެންމެ އަވަހަކަށް ހަވާލު ވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވަނީ އެދިވަޑައިގަނެފައެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
