
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ވިޔަފާރީގެ ކޮންޓްރޯލް ބޭރުގެ ވޯރާ ވިޔަފާރިވެރިންގެ އަތްދަށަށް ދިއުމާއި، ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ އިޤްތިޞާދު ބަދަލުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ އެގްރީމަންޓުގައި ސޮއިކުރަން ޖެހުނެވެ.
މި އެގްރީމަންޓުގެ ދަށުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އިނގިރޭސީން ނުފޫޒު ފޯރުވަމުން ދިޔަ ނަމަވެސް، ދިވެހި ޤައުމީ ލީޑަރުންނާއި ރައްޔިތުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. މި މިނިވަންކަން ހޯދުމުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތާއި، ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލުމަށް އެޅުއްވި ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ. ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމާއި، ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބަސްބުނުމުގެ ފުރުސަތު ދީގެން ނުވާނެކަން މި ތާރީޚުން ދަސްކޮށްދެއެވެ.
About Post Author
މާދަމާ ނިއުސް
“ސާކްގެ ބައްދަލުވުންތައް ފަށަން އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާއާއި ޕާކިސްތާނުގެ ނުތަނަވަސްކަމާ ހުރެ ސާކްގެ މަސައްކަތްތައް ހުއްޓިފައިވާތީ، އެ މައްސަލަ ހައްލުކޮށް ސާކް އަލުން ހިންގުމަށް މެދުވެރިއެއްގެ...
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 4 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" (ނ.ޢ.ޢ.ވ)...
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި...
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދިވެހި ރައްޔިތުންނަށް...
“މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ އަސްލަކީ ޖީލުން...
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
