Read Time:2 Minute, 21 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދަނީ ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޅި ރާއްޖެއަށް ބޭންކުގެ ވިއުގަ ފުޅާކޮށް، ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ އިތުރުން 20 އަތޮޅެއްގައި 55 ބްރާންޗް މިހާރު ދަނީ ހިންގަމުންނެވެ. ޑިޖިޓަލް ޚިދުމަތްތަކަށް ބަލާއިރު، “ސްވައިޕް” މެދުވެރިކޮށް ބައިނަލްއަގުވާމީ ފައިސާއިން އެކައުންޓު ހުޅުވޭ ގޮތް ހަމަޖައްސައި، ކްރެޑިޓް ކާޑުން ކުރާ ވިޔަފާރިތަކަށް ބަހާލައިގެން ފައިސާ ދެއްކޭ “ސްޕްލިޓް ޕޭ” އާއި އިންވެސްޓްމަންޓުގެ އައު ފުރުސަތުތައް ވަނީ ތައާރަފްކޮށްފައެވެ.

 

 

މީގެއިތުރުން، ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް ބަދަލުކޮށް، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު 5 އިންސައްތައަށް ވަނީ ކުޑަކޮށްދީފައެވެ. ބޭންކުގެ މާލީ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު، ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %