
ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ކުޑަ މުއްދަތެއްގެ ތެރޭގައި ޑިޒައިންކޮށް އެތަން އިމާރާތްކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ބުރަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ތައުރީފް ކުރައްވާފައިވެއެވެ.
އެ ސެންޓަރު ސްޓެލްކޯގެ ޓީމްގެ ގާބިލުކަން ވަރަށް ބޮޑަށް ދައްކުވައިދޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެއީ އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރުގެ މިސާލެއް ކަމަށް ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މެނޭޖްމެންޓުން މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށެވެ. އެ ސެންޓަރު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނު އެއްތަނަކުން ލިބޭގޮތަށް ސްޓެލްކޯއިން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މި އަހަރުގެ ޖުލައި މަހުގައެވެ. އެތަން އިމާރާތްކޮށްފައިވަނީ ސްޓެލްކޯ އިމާރާތުގެ ތިރީގައި ހުންނަ ފިހާރައާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ. ސްޓެލްކޯގެ މުވައްޒަފުން އެތަން ހެދުމުގެ އަމަލީ މަސައްކަތް ކުރާތީ، އެ މަސައްކަތަށް 13 މިލިއަނެއްހައި ރުފިޔާ ސަލާމަތްވި ކަމަށް މީގެ ކުރިން އެމްޑީ ފަހުމީ ހާމަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
