
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ގާނޫނަކުން އިތުރަށް ވަރުގަދަ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ)އިން ތައްޔާރު ކުރަމުންދާ ބިލަށް ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ތައުރީފް ކުރައްވައިފިއެވެ.
ފޮރިން އެކްސްޖޭންޖުގެ ކަންކަން ހަރުދަނާ ކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. ބިލްގެ މައިގަނޑު މަގްސަދަކީ މިދިޔަ އޮކްޓޯބަރު 1 ގައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާ ކުރުމެވެ. އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.
އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ. އެ ބިލާއި ގުޅިގެން ކާނި އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި ހުންނަ ގެސްޓްހުއުސްތަކާއި ހޮޓާތަކުން ޓޫރިސްޓަކަށް ބޮލަކަށް 25 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބިލްގައި ކަނޑަޅާފައި އޮތުމުން އެކަމަށް ތާއިދު ކުރާ ކަމަށެވެ.
Encouraging to see Hotels and Guesthouses in inhabited islands classified under Category B in the new Forex draft bill. A pragmatic approach that supports sustainable island community development. @MMA_Maldives @MoFmv pic.twitter.com/q3fTGdsx11
— Abdulla Nasheed (@kaaniablo) December 1, 2024
“ރަށްރަށުުގެ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތައް ލިބިގެން ދާނެ، އެތައް ވަޒީފާއެއް، ފިހާރަތަކުގެ ވިޔަފާރި ފުޅާވެގެން ދާނެ، ފަރުމަސް ވެރިކަން ކުރާ މީހުން ބާނާ މަސް ކޮޅު ހޮޓަލަށް ގަންނާނެ،”. އޭނާ “ވަގުތު” ނޫސްއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވިއެވެ. ބޭރުގެ އިސްވެސްޓަރުން މަދުކޮށް ބޭރު ފައިސާ ބޭންކްތަކުގައި ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް ކަމަށް މީގެ ކުރިން އޭނާ ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
