
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި، ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ސަލާމަތްކުރުމަށް ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މިގޮތުން އީ-ސިނގިރޭޓު މަނާކުރުމާއި، 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމާއި، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުން ފަދަ މުހިންމު ފިޔަވަޅުތައް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކުރުން ފަދަ އާ ނުރައްކާތަކަށް ސަމާލުވެ، ދުންފަތުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
