
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ހިލޭ އެހީ ނުވަތަ ލޯނު ހޯދުމަށް ކުރައްވާ ދަތުރުފުޅުތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. “ޕްރެސަރ ވިތު ދަ ސްޕޮކްސް” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސްގެ ދަތުރުފުޅުތަކުން ރާއްޖެއަށް ތަފާތު ދާއިރާތަކުން ގިނަ ފައިދާތަކެއް ހާސިލްވަމުންދާ ކަމަށް ވިދާޅުވިއެވެ.
ސްރީލަންކާ ދަތުރުފުޅަށް ޚާއްސަ އަލިއަޅުއްވާލައްވަމުން، ތަރުޖަމާނު ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ އަވަށްޓެރިޔާ ކަމަށާއި، ދެ ޤައުމުގެ ގުޅުން ބަދަހިވުމުން ލިބޭ ފައިދާތައް ގިނަ ކަމަށެވެ. ދަތުރުފުޅުގައި ސޮއިކުރެވުނު 7 އެއްބަސްވުމަކީ ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ މުހިންމު އެއްބަސްވުންތަކެއް ކަމަށް ފާހަގަކުރެއްވިއެވެ. ތައުލީމީ ގޮތުން ބަލާއިރު، ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ދިވެހި ދަރިވަރުންނަށް ސްރީލަންކާގައި އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން ކޮޅުންބޫގައި ބީއެމްއެލްގެ ގޮތްޕެއް ހުޅުވުމާއި، މިފްކޯ ބްރޭންޑް ސްރީލަންކާއަށް އެކްސްޕޯޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން ވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
