
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އޮނިގަނޑުތަކާއި ސަރަޙައްދީ އެއްބާރުލުން ނުހަނު މުހިންމުކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 30 ވަނަ އަހަރީ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ރާއްޖެ އަދާކުރާ ދައުރު ފާހަގަކުރައްވައި، އިންޑިއާ ކަނޑު ހިމާޔަތްކުރުމަށް ގައުމުތަކުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ. އަދި ކަނޑުތަކުގެ ހިންގުމުގެ ނިޒާމު ކުދި ޖަޒީރާ ގައުމުތަކުގެ ޚާއްސަ ބޭނުންތަކަށް ފުދޭ ނިޒާމަކަށްވުމާއި، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތައް އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.
މި ބައްދަލުވުން ކުރިއަށްދަނީ މި މަހުގެ 11 އިން 15 އަށެވެ. 2011 ވަނަ އަހަރު އައިއޯޓީސީގެ މެންބަރު ގައުމަކަށްވި ފަހުން ރާއްޖެ ދަނީ، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ މަސްލަހަތު ކުރިއެރުވުމަށް، ޖަމިއްޔާގައި އިސް ދައުރެއް އަދާކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
