
(ފޮޓޯ ކްރެޑިޓްސް: އެކ.އެމްވީ)
2008 އިން 2012 އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ވެރިކަމުގައި ނިންމެވި ބައެއް ނިންމުންތަކާއި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން، ދިވެހި ދައުލަތަށް ބިލިއަނުން މާލީ ގެއްލުންވެ، ބޮޑެތި ބަދަލުތަކެއް ދައްކަން ޖެހުނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ޙަވާލުކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުން އުވާލުމާ ގުޅިގެން، ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ގޮތަށް، ދައުލަތުން 271 މިލިއަން އެމެރިކާ ޑޮލަރު (4.1 ބިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދައްކަން ޖެހުނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުން އެއްފަހަރާ ދެއްކި އެންމެ ބޮޑު މާލީ ބަދަލެވެ.
ހަމައެއާއެކު، ރާއްޖޭގެ އެކި ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ނޫމަޑި ރިޒޯޓްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުންވެސް ދައުލަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދައުލަތުން އެ ކުންފުންޏަށް ދެއްކިއެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން މަޝްރޫޢުތަކުގެ ފައިދާ ރައްޔިތުންނަށް ނުލިބި، ދައުލަތުގެ ބަޖެޓަށް ވަނީ ނުތަކާވަރުގެ ބުރައެއް އުފުލަން ޖެހިފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސެއްގެ ހައިސިއްޔަތުންނާއި، 2021 ވަނަ އަހަރު ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސަލާމަތާއި ބޭސްފަރުވާއަށް ދައުލަތުން އަންނަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެމަނިކުފާނުގެ އޮފީސް ހިންގުމާއި، ހައި-ރިސްކް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ދާއިމީ ގޮތެއްގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަންކަމެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ރައީސް ނަޝީދުގެ ސިޔާސީ ނިންމުންތަކާއި އެމަނިކުފާނާ ގުޅުންހުރި ކަންކަމަށް ކުރެވޭ ޚަރަދުތަކަކީ ދިވެހި ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑު އަސަރެއް ކުރަމުންދާ ކަންކަމެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
