
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޯވިޑަށްފަހު ވިލާތުގެ އެއާލައިންތަކަށް އަނެއްކާވެސް އައު ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު 84 އިންސައްތައަށް އުފުލި، ދަތުރުކުރާ މަގުތަކަށް ބުރޫއަރައި، ޓިކެޓުގެ އަގުތައް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޗުއްޓީ ދަތުރުތަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ތެލުގެ އަގު ބޮޑުވި ނަމަވެސް، ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އަދިވެސް ދަށަށް ނުދާކަމަށް އައިއޭޓީއޭއިން ބުނެއެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެންދާތީ، ދުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ބަދަލުގައި ކައިރި ސަރަޙައްދުތަކަށް ދަތުރުކުރުމާއި، ބުކިންގތައް ފަސްކުރުން ފަދަ ބަދަލުތައް ފަސިންޖަރުންގެ އަމަލުތަކަށް ވަނީ އައިސްފައެވެ. މި ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ގަލްފުގެ އެއާލައިންތަކަށެވެ. އެ ސަރަޙައްދުގެ އެއާލައިންތަކުން ހަދާ ބުކިންގތައް 50 އިންސައްތައަށް ދަށްވެފައިވާއިރު، ގިނަ ދަތުރުވެރިން މިހާރު އިސްކަންދެނީ އެހެން ސަރަޙައްދުތަކުގެ އެއާލައިންތަކަށެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
