
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް “ރަސްމާލެ” މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހުޅުމާލެ އާއި، ގުޅީފަޅު އަދި ގިރާވަރުފަޅުގެ ބިންތައް މިހާރު ދޫކޮށްލާފައިވުމުން، މާލެ ސަރަޙައްދުގައި އިތުރު ފްލެޓް އެޅުމަށް ބޭނުންވާ ބިން މިހާރު ނެތެވެ. މިހާރު ހުރި ހުރިހާ ބިމެއް އެއްކޮށްލައިގެންވެސް އެޅޭނީ ގާތްގަނޑަކަށް 12,000 ފްލެޓް ކަމަށްވާތީ، ކުރިއަށް އޮތް 20 އަހަރަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރަސްމާލެ މަޝްރޫޢު ނޫން އިތުރު ގޮތެއް ނެތެވެ. މީގެ އިތުރުން، ކުރިން ހިއްކާފައިވާ ސަރަޙައްދުތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، ރައްޔިތުންނަށް އެތަންތަން ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
