
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން)
ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެ ދެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ނަސޭހަތްތެރިވެއްޖެއެވެ. އެ ކޮމިޝަނުން އަންގާފައިވަނީ ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި، މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމުގެ އިތުރުން، ގާނޫނާ ހިލާފަށް މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތައް ނުބޭއްވުމަށެވެ. މި އެންގުން އައިސްފައިވަނީ އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ހުރިތޯ ބެލުމަށް ޕީއެންސީގެ މެންބަރުން މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ސަރުކާރު ކޯލިޝަނުގެ މެންބަރުން ވިދާޅުވާ ގޮތުގައި މިވަގުތަކީ މުޒާހަރާ ކުރަންޖެހޭ ފަދަ އަނިޔާވެރިކަމެއް ނުވަތަ ގައުމަށް ގެއްލުންވާނެ ކަމެއް ހިނގަމުންދާ ވަގުތެއް ނޫނެވެ. އީސީން ވަނީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ސިޔާސީ ހަރަކާތްތަކަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
