
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ޤައުމުތަކުގެ އިއްތިޙާދު، އޯޕެކްއިން އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީ ވަކިވެއްޖެއެވެ. ޔޫއޭއީގެ ހަކަތައާބެހޭ ވަޒީރު، ސުހެއިލް މުޙައްމަދު އަލް-މަޒްރޫޢީ ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ އޯޕެކްގެ ސިޔާސަތުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. މި ނިންމުން ނިންމުމުގައި، އޯޕެކްގެ އެންމެ ބާރުގަދަ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއާ މަޝްވަރާ ކުރެއްވިތޯ ނޫސްވެރިއަކު ސުވާލުކުރުމުން، މަޒްރޫޢީ ވިދާޅުވީ، އޯޕެކްގެ އެއްވެސް ޤައުމަކާ މަޝްވަރާ ނުކުރާ ކަމަށެވެ.
އަދި އޯޕެކްއިން ވަކިވުމަކީ ޔޫއޭއީގެ އަމިއްލަ ސިޔާސަތާ ގުޅުން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އޯޕެކްއިން ޔޫއޭއީ ވަކިވިޔަސް، ތެލުގެ ބާޒާރަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ޔޫއޭއީ އޯޕެކްއިން ވަކިވުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
މިގޮތުން، އޯޕެކް ޤައުމުތަކުން ދުނިޔޭގެ ތެލުގެ ބާޒާރު ކޮންޓްރޯލްކޮށް، ތެލުގެ އަގު ބޮޑުކޮށްފައި ބާއްވާކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފައެވެ. ޔަހޫދީންނާއި އެމެރިކާއިން ދިން ޢުދުވާނުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ އަކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނަށް ވެސް ވައިގެ ޙަމަލާތައް އަމާޒުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ޙަމަލާތަކެއް ޔޫއޭއީއަށް އަމާޒުވެފައިވާއިރު، ގަލްފުގެ ޤައުމުތަކުގެ ރައްކާތެރިކަން ނުލިބޭކަމުގެ ހިތްހަމަނުޖެހުން ޔޫެއޭއީން ވަނީ ފާޅުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
