
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުގެ ރައްޔިތުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތާއި ދައްކަމުންދާ ސާބިތުކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ތަޢުރީފުކުރައްވައިފިއެވެ. ސެއިންޓް ޕީޓަރސްބަރގުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ހުޅަނގު އޭޝިޔާގައި އެމެރިކާއިން އުފައްދާފައިވާ ނުތަނަވަސްކަން ޙައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މޮސްކޯއިން ތައްތާރަށް އޮތް ކަން ތަކުރާރު ކުރައްވާފައެވެ. މި ގޮތުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ރަޝިޔާގައި ރައްކާކޮށްދިނުމަށް މޮސްކޯއިން ކުރިން ހުށަހަޅާފައިވީ ނަމަވެސް ވޮޝިންގްޓަނުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ.
އީރާންގެ އައު އިސް މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ މެސެޖެއް ދާދިފަހުން ލިބިވަޑައިގަންނަވާފައިވާ ކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ މޮސްކޯއާއި ތެހްރާނާ ދެމެދު ހުސްވި އަހަރު އަމަލުކުރަން ފެށި 20 އަހަރު ދުވަހުގެ އިސްތިރާޖީ ގުޅުންތަކާ ބެހޭ އެއްބަސްވުން ދެމެހެއްޓުމުގައި ރަޝިޔާއިން އިޚުލާސްތެރިކަމާއެކު ދެމިއޮންނާނެ ކަމުގައެވެ. މި ގުޅުމުގެ ދަށުން އީރާންގެ ބޫޝެހްރުގައި ނިއުކްލިޔަރ ޕުރޮގުރާމު ތަރައްޤީކުރުމުގައި މޮސްކޯއިން ބައިވެރިވަމުންދާއިރު، ތެހްރާނުން ވަނީ ‘ޝާހިދު’ މަރުކާގެ އަސްކަރީ ޑްރޯން އުފެއްދުމުގެ ޤާބިލުކަން ރަޝިޔާގައި ޤާއިމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޕުޓިންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، މި ދަތި ދަނޑިވަޅުތަކުގައި ރަޝިޔާ ފަދަ ވަފާތެރި އެކުވެރިން ތިބިކަން މިއަދު ސާބިތުވެއްޖެ ކަމުގައި ވިދާޅުވެ ޕުޓިންއަށް ޝުކުރު އަދާކުރައްވާފައެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، އެމެރިކާ އާއި އީރާނުގެ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގައި އިސްލާމްއާބާދުން ވަނީ ހާމަކޮށްފައެވެ. ކްރެމްލިންގެ ތަރުޖަމާނު ދްމީތުރީ ޕިސްކޯފް ވިދާޅުވީ، ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތް ޙަމަލާތައް އަލުން ފެށުމަކީ އެއްވެސް ފަރާތެއްގެ މަސްލަޙަތު އޮތް ކަމެއް ނޫން ކަމުގައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ދިއުމަކީ މޮސްކޯއިން ބޭނުންވާ ގޮތް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ މަސްލަޙަތާއި ސަރަޙައްދީ ހަމަޖެހުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް މޮސްކޯއިން ތައްޔާރަށް އޮތް ކަމުގައި ވެސް ޕުޓިން ޢަރާޤިޖީގެ އަރިހުގައި ދެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
