
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން އެމެރިކާގެ އަގުވައްޓައިލައި، ބައިނަލްއަޤުވާމީ މައިދާނުގައި ލަދުގަންނަވައިލާފައިވާ ކަމުގައި ވިދާޅުވެ، ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީދްރިޝް މެޔަޓްޒް އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މެޔަޓްޒް ވިދާޅުވީ، އިީރާނުގެ އިސްވާރުންނާއި އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ޕާކިސްތާނަށް ގެންގޮސް، އެއްވެސް ނަތީޖާއެއް ނެތި ފޮނުވައިލުމަކީ އެމެރިކާގެ ހައިބަތު ގެއްލިގެން ގޮސްފައިވާ ކަމެއް ކަމުގައެވެ. މީގެ އިތުރުން، އިީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާގެ އެއްވެސް “އެގްޒިޓް ސްޓްރެޓެޖީ” އެއް ނުވަތަ ހަނގުރާމަ ނިމުމަކަށް ގެންނާނެ އިސްތިރާޖީ ރޭވުމެއް ނެތްކަން ހާމަވުމަކީ ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ބައިވެރިންގެ މެދުގައި އޮތް އިތުބާރު ކުޑަވެފައިވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އިީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ ޖަރުމަނުވިލާތާއި ވިލާތުގެ އެހެން ބާރުތަކާ މަޝްވަރާކުރުމެއް ނެތި ފެށި ޢުދުވާނެއް ކަމުގައި މެޔަޓްޒް ހާމަކުރެއްވިއެވެ. މި ޙަމަލާތަކުގެ ނަތީޖާ ގޯސްވަމުންދާތީ، އެ ކަމުގެ ކަންބޮޑުވުން ސީދާ ރައީސް ޑޮނަލްޑް ޓްރަމްޕާ ޙިއްޞާކުރައްވާފައިވާނެ ކަމަށާއި، މި ޙާލަތު ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައާ އެއްފަދަވަމުންދާ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ. ސުލްޙައިގެ މަޝްވަރާތައް ހުއްޓިފައި ވަނިކޮށް، އެމެރިކާގެ މަންދޫބުން ކަމުގައިވާ ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނަރ އިސްލާމްއާބާދަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރު ފަސްކުރުމުން، މި މައްސަލައަށް ޙައްލެއް ލިބުމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ހުރްމުޒް ކަނޑުއޮޅީގެ ބައެއް ސަރަޙައްދުތަކުގައި އިީރާނުން މައިން ފަދަ ގޮވާތަކެތި ހަރުކޮށްފައިވާކަން ކަށަވަރުވާ ކަމަށާއި، އެތަން ސާފުކުރުމަށް ޖަރުމަނުވިލާތުގެ ޚާއްޞަ މަނަވަރުތައް ފޮނުވަން ހުށަހެޅި ކަމުގައި ވެސް މެޔަޓްޒް ވިދާޅުވިއެވެ. ނަމަވެސް، ޓްރަމްޕް ވަނީ އެ ސަރަޙައްދު ހުޅުވުމަށް ނޭޓޯގެ ބައިވެރިން އެކަށީގެންވާ އެހީތެރިކަމެއް ނުދޭ ކަމުގައި ބުނެ ފާޑުވިދާޅުވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މިއީ އިޤުތިޞާދީ ގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާ ކަމެކެވެ.
މި ހަނގުރާމައިގެ ސަބަބުން ޖަރުމަނުވިލާތުގެ އިޤުތިޞާދީ ބާރަށާއި ޓެކުސް ދައްކާ ރައްޔިތުންގެ ފައިސާއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް މެޔަޓްޒް ފާހަގަކުރެއްވިއެވެ. އިީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ރަޝިޔާއަށް ދަތުރުފުޅެއް ފައްޓަވާފައިވާއިރު، މަޝްވަރާތައް ނާކާމިޔާބުވެ ހަނގުރާމަ ދިގުލައިގެން ދިއުމަކީ ވިލާތުގެ ޤައުމުތަކުން ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމުގައި ވެސް މެޔަޓްޒް ވިދާޅުވިއެވެ. އޭނާގެ މި ހަރުކަށި ބަޔާނަކީ ޔޫކްރެއިން މައްސަލައިގައި ވެސް އެމެރިކާއާއި ވިލާތާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ހާމަކޮށްދޭ ޙަޤީޤަތެކެވެ. އޭނާ ބޭނުންފުޅު ވަނީ މި ހަނގުރާމަ ވީހާވެސް އަވަހަކަށް ނިމުމަކަށް އައުމަށެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
