
ކުޅުންތެރިއަކާ ކުރިމަތިލާއިރު އަނގަ ފޮނުވައިގެން މުއާމަލާތް ކޮށްފިނަމަ އެ ކުޅުންތެރިއަކަށް ވަގުތުން ރަތް ކާޑު ދައްކަން ނިންމައިފި އެވެ. ފީފާގެ އިސް ނެގުމާއެކު އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ބޯޑުން ވަނީ ކޮލަމްބިއާގެ ވެންކޫވާގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ފުޓްބޯޅަ ގަވާއިދަށް މި ބަދަލު ގެނެސްފަ އެވެ. އަދި ވޯލްޑް ކަޕުން ފެށިން މިކަމަށް އަމަލު ކުރާނެ އެވެ. މި ގޮތަށް ނިންމީ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާ އާއި ސްޕޭނުގެ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހިނގައިދިޔަ ހާދިސާގެ ސަބަބުންނެވެ. އެ މެޗުގައި ބެންފީކާގެ ޖިއާންލޫކާ ޕްރެސްޓިއާނީ ނަސްލީ ގޮތުން ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާއާ ދިމާކޮށް، މުހާތަބް ކުރީ ޖާޒީ މައްޗަށް ނަގައި އަނގަ ފޮރުވައިގެންނެވެ. އެއީ އޭނާ ވިނީޝިއުސްއާ ދިމާލަށް ބުނި އެއްޗެއް ވީޑިއޯގެ އެހީގައި ދެނެ ނުގަނެވޭނެ ގޮތް ހަދަން ވެގެންނެވެ. މި މައްސަލާގައި ޔޫއޭފާއިން މިހާރު ވަނީ އޭނާ ހަ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
ފީފާއިން މި ބަދަލު ގެނައުމަށް އިސްނެގީ ކުޅުންތެރިންގެ މެދުގައި ނަސްލީ ތަފާތު ކުރުން އިތުރުވުމާއި ދިމާކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ އެވެ. މި ގޮތުން ބެންފީކާ އާއި ރެއާލްގެ މެޗު ވެސް އެތައް އިރެއް ވަންދެން މެދު ކަނޑާލަން ޖެހުނެވެ.
މެޗު ފުރިހަމަ ކުރަން ދެކޮޅު ހަދައިފިނަމަ އިދިކޮޅު ޓީމު މޮޅުވާނެ
މީގެ އިތުރުން ނިންމާފައިވަނީ މެޗެއް ފުރިހަމަ ކުރަން ޓީމަކުން ދެކޮޅު ހަދައިފިނަމަ އެ މެޗަކުން އިދިކޮޅު ޓީމު މޮޅުވާނެ ކަމަށެވެ. މި ބަދަލަކީ އެންމެ ފަހުގެ އެފްރިކާ ކަޕުގެ ފައިނަލް މެޗަށް ބަލައި ގެނައި ބަދަލެކެވެ. އެ މެޗުގައި ރެފްރީގެ ނިންމުމަކާ ދެކޮޅު ހަދައި ސެނަގާލް މުޅި ޓީމު ދަނޑުން ފައިބައި ޗޭންޖިން ރޫމަށް ދިޔަ އެވެ. ފަހުން ކުޅެން އައީ 20 މިނިޓް ފަހުންނެވެ. ތަށި ހޯދީ ވެސް އެ މީހުންނެވެ. މި މައްސަލާގައި އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސެނަގާލް އަތުން ތަށި އަތުލަން ނިންމައިފަ އެވެ. ނަމަވެސް އެ ގައުމުން ވަނީ މައްސަލަ ކާސްގައި އިސްތިއުނާފު ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
