
އަލްޖީރިއާގެ ގޯލްކީޕަރު ލޫކާ ޒިދާންގެ ދަތްދޮޅި ބިންދައިގެން ގޮސް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ. ލޫކާ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވަމުން އަންނަ ކޯޗު ޒައިނުއްދީން ޒިދާންގެ ދަރިފުޅެވެ. އޭނާގެ ކުލަބު ސްޕޭނުގެ ދެ ވަނަ ޑިވިޝަނުގެ ގަރްނާޑާއިން ބުނީ މި ސީޒަނުގެ ބާކީ ހުރި އެއްވެސް މެޗެއްގައި ލޫކާ އަށް ނުކުޅެވޭނެ ކަމަށާއި އޮޕަރޭޝަނަ ކުރަން ޖެހިއްޖެނަމަ ވޯލްޑް ކަޕް ވެސް ނުކުޅެވޭނެ ކަމަށެވެ. މިކަން ޔަގީންވާނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. އޭނާ އަށް އަނިޔާވީ އަލްމޭރިޔާގެ ކުޅުންތެރިއަކާއެކު ބޯޅަ ހިފަން ފުންމައިގަތް ވަގުތު އިދިކޮޅު ކުޅުންތެރިޔާގެ ބޮލުން ޖެހިފަ އެވެ. މިއާއެކު ބޮލަށް ލިބުނު ގެއްލުމާ ވެސް އެކު އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.
އުމުރުން 27 އަހަރުގެ ކީޕަރަކީ އެންމެ ފަހުގެ އެފްރިކާ ކަޕުގައި ވެސް އަލްޖީރިއާގެ ގޯލްކީޕަރެވެ. ރެއާލް މެޑްރިޑްގެ ޓީމުގައި ވެސް ބަދަލު ކީޕަރަކަށް އިން ލޫކާ އަލްޖީރިއާ އަށް ކުޅެން ފެށީ ފްރާންސްގެ ގައުމީ ޓީމުން ޖާގަ ނުލިބުމުންނެވެ. އޭނާގެ ބައްޕަ ޒިދާނަކީ ފްރާންސްގެ ރައްޔިތެއް ނަމަވެސް އޭނާ އުފަންވީ އަލްޖީރިއާ އަށެވެ. ލޫކާ އަށް އަނިޔާވުމުން އަލްޖީރިއާ އަށް ވަނީ ގޯލްކީޕަރުންގެ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. ސަބަބަކީ ޓީމުގެ ދެ ވަނަ ކީޕަރު އެންތަނީ މަންޑޭރާ އާއި ތިން ވަނަ ކީޕަރު މެލްވިން މަސްޓިލް ވެސް އަނިޔާގައި ތިބުމެވެ.
ޖޫން 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ ވޯލްޑް ކަޕުގައި އަލްޖީރިއާ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އޮސްޓްރިއާ އާއި ޖޯޑަންއާއެކު ގްރޫޕް ޖޭގަ އެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
