
ގަދަ މެޗުތަކަށް ހާއްސަކޮށް ވޯލްޑް ކަޕް ފައިނަލް މެޗަށް ކުޅުންތެރިން ސަސްޕެންޑްވާން ނޭދޭ ކަމަށާއި ރީނދޫ ކާޑުގެ އުސޫލަށް ބަދަލު ގެންނަނީ މިހެންވެ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފި އެވެ. އެ ޖަމާއަތުން މިހާރު ވިސްނާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދެ ފަހަރެއްގެ މަތީން ރީނދޫ ކާޑުތައް މައާފް ކުރުމަށެވެ. މި ގޮތުން ގްރޫޕް ސްޓޭޖަށް ފަހު ހުރިހާ ކުޅުންތެރިންގެ ކާޑުތައް މައާފް ކުރުމަށް ފަހު ސެމީ ފައިނަލްގެ ކުރިން ވެސް ކާޑުތައް މައާފް ކޮށްލުމަށެވެ.
“މިއީ ވޯލްޑް ކަޕް. އެއްވެސް ކުޅުންތެރިއަކު ފައިނަލަށް ސަސްޕެންޑް ވުމަކީ ވެގެންވާނެ ގޮތެއް ނޫން. ގަސްތުގައި ކުށެއް ކޮށްގެން ނޫނީ ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުން އެންމެ ރަނގަޅު ގޮތަކީ،” ފީފާގެ އޮފިޝަލަކު އޭއެފްޕީ އަށް ބުންޏެވެ. މިހާތަނަށް ފީފާއިން ކާޑުތައް މައާފް ކުރަމުން އައީ ކުއާޓާ ފައިނަލަށް ފަހު އެވެ. މިހެންވެ މިއަދު ވެންކޫވާގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި މިކަމާމެދު ވަކި ގޮތެއް ނިންމާނެ އެވެ. މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ ޓީމުތަކަށް ދޭ ފައިސާގެ އިނާމް ވެސް ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
އަންނަ ޖޫން މަހު އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ފަށާ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. މުބާރާތުގައި 48 ގައުމު ވާދަ ކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
