
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އައު ގަވާއިދު އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. މި ގަވާއިދު ގެޒެޓްކުރުމާ ގުޅިގެން، މިއަދުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ޤާނޫނާއި ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމެވެ. މި ގަވާއިދުގެ ދަށުން މީޑިއާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނާއި، ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައްވެސް މި ގަވާއިދުގެ ދަށުން ބަލަމުންދާނެއެވެ.
އައު ގަވާއިދުގައިވާ ގޮތުން، ކޮންޓެންޓަކާ ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅާނަމަ، އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މި ގަވާއިދުގައި ވަނީ ތަފްޞީލުކޮށް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ކަންކަން އިޞްލާޙުކުރަން އެންގުމާއި، އާންމުކޮށް މަޢާފަށް އެދުމަށް އެންގުމުގެ އިތުރުން އެހެނިހެން އިދާރީ ފިޔަވަޅުތައް ހިމެނެއެވެ.
ކޮމިޝަންގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮމިޝަނުގެ ނިންމުމަކުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ގަބޫލުކުރެވޭނަމަ، 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރުވެސް މި ގަވާއިދުން ލިބިދެއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
