Read Time:2 Minute, 7 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)

 

 

ނިމިދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ރާއްޖޭގެ އަގުލަބިއްޔަތު އޮތީ ޕީއެންސީގެ ގައުމީ އަދި ދީނީ ފިކުރާ އެކުކަން ހާމަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހުރިހާ ރައްޔިތުންނާއި ރަށްތަކަކަށް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ހިދުމަތް ކުރައްވާނެ ކަމަށާއި، ކައުންސިލްތަކުގައި ކޮންމެ ސިޔާސީ ފިކުރެއް އޮތް ނަމަވެސް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް، ކައުންސިލްތަކުން ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއަޅާ ނަމަ އެކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ގޮނޑި އާއި ވޯޓު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %