
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމާ ދިމާކޮށް، އެ ސްކޫލްގެ “ސައްތަވީ ބިނާ” އަންނަ އަހަރު ހުޅުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މަޖީދިއްޔާގެ 99 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު މި ބިނާގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން، ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އެޅުމަށާއި، ތާރީޚީ “ދާރުލް އުލޫމް” އިމާރާތް ތަޢުލީމީ ދާރުލްއާސާރަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި މަޖީދިއްޔާ ސްކޫލަކީ ތަޢުލީމީ ގޮތުންނާއި ޓެކްނޮލަޖީގެ ގޮތުން އެހެން ސްކޫލްތަކަށް ނަމޫނާ ދައްކާ ފަދަ ތަނަކަށް ވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤާއި ހުނަރުވެރިކަން އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ބިންގާ ކަމަށްވާ މަޖީދިއްޔާ ސްކޫލަކީ 1927 ވަނަ އަހަރު 69 ދަރިވަރުންނާއެކު ފެށި ސްކޫލެކެވެ. މިއަދު އެ ސްކޫލުގައި 1300 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާއިރު، އެއީ ރާއްޖޭގެ ތާރީޚާއި ތަޢުލީމީ ކުރިއެރުމާ ގުޅިފައިވާ އެންމެ މުހިންމު އެއް ބިނާއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
