
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަކި ކައުންސިލެއްގެ އެއްބާރުލުން ނުލިބުނަސް ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ފަހަށް ނުޖެހޭނެ ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން އިސްކުރަނީ ދީނާއި ޤައުމީ ފިކުރުކަން ހާމަވާކަން ފާހަގަކުރައްވައި، ބޮޑެތި ސިޓީތަކުން ކާމިޔާބު ނުލިބުނަސް ރައްޔިތުންގެ ހައްޤުގައި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ބައެއް އިންތިޚާބީ ކެންޑިޑޭޓުން މަގުމަތީގައި ހިންގާ އަޚުލާގީ މިންގަނޑުން ބޭރު އަމަލުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުން އެކަށީގެންވާ ސަބަބެއް ނެތި އެއްބާރުލުން ނުދޭނަމަ އެކަން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ. މީގެއިތުރުން، ނިމިދިޔަ ޚިޔާލު ހޯދުމުގެ ވޯޓު ނާކާމިޔާބުވީ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ބައެއް މައްސަލަތަކުން ކަމަށް ވިދާޅުވެ، ޕާޓީ ވަރުގަދަކުރުމަށް އަންނަ އޮކްޓޫބަރު މަހު ޕީއެންސީގެ ކޮންގްރެސް ބާއްވާނެކަން ރައީސް އިޢުލާނުކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
