
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަކީ ވަކި އިންޝުއަރެންސް ކުންފުންޏަކަށް މަންފާ ހޯދައިދީ، 2028 ގެ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން އިންޝުއަރެންސް ކުންފުނިތައް މުއްސަނދިވާނެ ކަމަށާއި، މިއީ އެކްސިޑެންޓްވާ މީހުންނަށް އެހީވުމުގެ ނަމުގައި ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހުށަހެޅި ހީލަތްތެރި އިސްލާހެއް ކަމަށެވެ. ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތާޑް ޕާޓީ އިންޝުއަރެންސްގެ ބަދަލުގައި ކޮންޕްރެހެންސިވް އިންޝުއަރެންސް ލާޒިމުކުރުމަކީ އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރުމަށް ކުރާ ކަމަކަށް ވާއިރު، މީގެ ސަބަބުން އަނިޔާލިބޭ އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާއެއް ނެތް ކަމަށް ވިދާޅުވެ އެ އިސްލާހަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
