
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޕާލް ރެސިޑެންސީ ވިސާ ވެގެންދާނީ އިންވެސްޓަރުންގެ ޔަޤީންކަން ލިބި އިންވެސްޓްމަންޓަށް ހުޅުވިގެންދާ ފުރުސަތަކަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިންވެސްޓަރުންނަށް ޚާއްސަ ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިކަން ކުރުމަށްޓަކައި ވަކި ޚާއްސަ ބިލެއް އެކުލަވާލާފައިވާކަމަށެވެ. ބިލް ފާސްކުރުމަށް މަޖިލީހަށް ފޮނުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތުގެ ގޮތުގައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގައި ތަފާތު އެކި ގޮތްގޮތައް އަންނަމުންދާ ބަދަލުތަކަށް ބަދަލުވަމުން އަންނަ ސިނާއަތަކަށްވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ޒަމާނީ ބަދަލުތައް އަންނަންޖެހޭކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޒަމާނީ ކުރަމުން އައީ އަމިއްލަ ފަރާތްތަކުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެބޭފުޅުން އެކުރާ މަސައްކަތައް ބާރެއް ދިނުމަށްޓަކައި ސަރުކާރުން އަބަދުވެސް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާނެކަމަށެވެ.
“އެކަން ކުރުމުގައި އެޓާނީ ޖެނެރަލްގެ ލަފައަކީ އެންމެ ރަނގަޅުވާނީ މިކަމަށް ވަކި ޤާނޫނެއް ހެދުމޭ. އެ ބިލް މިހާރު އެއޮތީ އެޓާނީ ޖެނެރަލް އޮފީހުގައި ޑްރާފްޓް ކުރައްވާފައި. އޭޖީ އޮފީހާއި އަޅުގަނޑުމެންނާއި އެއްކޮށް މިހާރު އެ މަސައްކަތް އެދަނީ ކުރަމުން. ދެން އެ ބިލް ދާނީ ގާނޫނަކަށް ވުމަށްޓަކައި މަޖިލީހަށް. މަޖިލީހަށް ދިޔައީމަ މަޖިލީހުގައި މިނިވަން ބަހުސްތަކެއްކޮށް އަދި މަޖިލީހުން ފާސްކުރަން ފެނިވަޑައިގަންނަވައިފިނަމަ ފާސްކުރައްވާނެ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މީގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ އިންވެސްޓްމަންޓަށް ބޭރުގެ ފަރާތްތަކުންނާއި ދިވެހި ވިޔަފާރިވެރިން އެތައް ޒަމާނެއް ވަންދެން ކުރަމުން އައި އުންމީދެއް ހަޤީގަތަކަށް ވުންކަމަށެވެ. ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު ސިންގަޕޫރުގަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގައި ބޭއްވި އިންވެސްޓަރ ފޯރަމުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި އިންވެސްޓްކޮށް ދިގުމުއްދަތަކަށް ރާއްޖޭގެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢާރަފް ކުރާ ޕްރޮގްރާމެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
