
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އައު މެނޭޖުމެންޓުގެ އަމާޒަކީ ދާއިމީގޮތެއްގައި ކުލަބަށް އާމްދަނީ ލިބޭނެ މޮޑެލްއަކަށް ކުލަބު ބައްޓަންކޮށް، ކުރީގެ ދަރަނިތަކުން ސަލާމަތްވުމެވެ. ޗެއާމަން އަޙްމަދު މުބީންގެ އިރުޝާދުގެ ދަށުން ކުލަބު ހިންގުމާ ހަވާލުވި އައު ބޯޑުން މިހާރު ވަނީ އަށް މިލިއަން ރުފިޔާގެ ދަރަނީގެ ދެބައިކުޅަ އެއްބައި ދައްކާ ހަލާސްކޮށްފައެވެ. މީގެ ތެރޭގައި ބޭރުގެ ކުޅުންތެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ހިމެނޭއިރު، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ދަރަންޏެއް ނިންމުމަށް ވަނީ ރާވާފައެވެ.
ފުޓްބޯޅައިގެ ކުރީގެ ކާމިޔާބީތައް އިއާދަކުރުމަށް ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓުން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދާފައެވެ. މީގެ އިތުރުން، ސްޕެއިންގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގެ އެކަޑަމީތައް ރަށްރަށުގައި ހިންގަން ފަށައި، ކުލަބުގެ ކުރިމަގު ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މެނޭޖުމެންޓުގެ މައިގަނޑު މަގްސަދަކީ ކޮންމެ ބަޔަކު ހަވާލުވެ ތިއްބަސް، މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ވަރުގަދަ ކުލަބެއްގެ ގޮތުގައި ނިއުރޭޑިއަންޓް ދެމިއޮތުމެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
