
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅާލުމެވެ. މީގެ ތެރެއިން ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަކީ ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ މުހިންމު އިސްކަމެކެވެ. އެގޮތުން ނ. ވެލިދޫ އާއި އއ. ތޮއްޑޫގައި މިހާރު ވަނީ ސީޕްލޭންގެ ޚިދުމަތް ފަށާފައެވެ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ކަނޑުގަދަ މޫސުމުގައި ދަތުރުވެރިންނަށް ދިމާވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި ސީޕްލޭންގެ ޚިދުމަތް ތައާރަފުވުމަކީ ގެސްޓްހައުސް ވިޔަފާރިތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ބަލިމީހުން އުފުލުމާއި ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތަކަށް ލުއިފަސޭހަވެ، ރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ރައްޔިތުން މާލީގޮތުން ބާރުވެރިވުމަށް މަގުފަހިވާނެއެވެ. މޯލްޑިވިއަނުން ދަނީ މި ޚިދުމަތްތައް އިތުރަށް ފުޅާކުރަމުންނެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަކީ ބޭސްފަރުވާއާއި ތައުލީމީ ބޭނުންތަކަށް ދަތުރުކުރާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
