
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް)
ޣައިރު ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު އުފައްދައި އެއްވެސް ދިރާސާއެއް ކޮށްފައި ނުވާނެކަމަށާއި ކޮމިޝަނާ މެދު އެފަދަ ތުޚުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެޗްއާރްސީއެމްއިން ވިދާޅުވެއްޖެއެވެ. އެޗްއާރްސީއެމްއިން މިފަދައިން ވިދާޅުވީ އެ ކޮމިޝަނާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ.
އެޗްއާރްސީއެމްއިން ވިދާޅުވީ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާއެއްގޮތްވާގޮތުގެ މަތީންކަމަށެވެ. މިގޮތުން އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެކަމަށްވެސް އެ ބަޔާނުގައި ވިދާޅުވިއެވެ.
އެޗްއާރްސީއެމްއިން ވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއ،ި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާ ހަދާތަކުގެ އިމުގެ ތެރޭގައިކަމަށް ވިދާޅުވެފައެވެ. އަދި ހުރިހައި ވަގުތަކު ހުރިހައި ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައްކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
