
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަކީ ސަރުކާރާއި އާންމުންގެވެސް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް ޙައްލެއް ގެނައުމަށް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ، ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ނަތީޖާ ފެންނަމުންދިޔަ ނަމަވެސް މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއެކު މުޅިއަކުން ހައްލުވާނެ މައްސަލައެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިހާރުވަނީ، އެކަމަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމުގެ މަސައްކަތް ފައްޓަވާފައެވެ.
އެންމެން ދައްކަނީ ޑޮލަރު ނުލިބޭ ވާހަކައެވެ. ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކައެވެ. ޑޮލަރުގެ އަގު އަރައިގެންދާ ވާހަކައެވެ. ގިނަ މީހުން ނުދައްކާ ވާހަކައަކީ، ބިދޭސީން ރާއްޖެއިން ބޭރުކުރާ އެތައް ހާސް ޑޮލަރުގެ ވާހަކައެވެ. ރާއްޖޭގައި ދިވެހީންނަށް އަދާނުކުރެވޭ ވަޒީފާތަކަށާއި ދިވެހީން ނެތް ވަޒީފާތަކަށް ބިދޭސީން ގެނައުމުގެ ސަޤާފަތުގެ ތެރެއިން ވަނީ ޤައުމުގެ އިޤްތިޞާދު އިނދަޖެހިދާނެ ފަދަ ބާގަނޑެއް ހެދިފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ އެކި ޤައުމުތަކުގެ ބިދޭސީން ކޮންމެ އަހަރަކުވެސް އެތައް ހާސް ޑޮލަރެއް ޤައުމުން ބޭރު ކުރެއެވެ. ވަކިން ޚާއްސަކޮށް ޤަވާއިދާ ޚިލާފަށް އުޅެމުން، ޤަވާއިދުތަކާއި ޚިލާފަށް އެމީހުން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއިންނެވެ. މިކަމުގައިވެސް ދިވެހީންގެ ބަޔަކު ޝާމިލުވާކަމީ ޙަޤީޤަތެކެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދިވެހީންގެ ނިވަލުގައި ތިބެ ބިދޭސީން ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ކަމަށެވެ. އެގޮތުން ބިދޭސީން ތިބޭ ގިނަ ފިހާރަތަކަކީ، އެތަންތަނުގެ ވެރިންގެ ގޮތުގައި ލިޔެކިޔުންތަކުގައި ދިވެއްސެއްގެ ނަން އޮތަސް އޭގެ މަންފާ ސީދާ ބިދޭސީންނަށް ކުރާ ތަންތަން ކަމަށެވެ.
“ދިވެހީން ގެންގުޅޭނަމަ އެބަ ޚަރަދު ބޮޑުވޭ. 2 ބިދޭސީންލައިގެން ކަންމަތީ ފިހާރަ އެބަ ހިންގާ. ދެން ދިވެހި މީހާ ބަދަލުވަނީ ރެންޓު ނަގާ މީހަކަށް. އެތަނުން ވިޔަފާރިވިޔަސް ނުވިޔަސް އޭނައަށް ކޮންމެ މަހަކު 20000 ރުފިޔާ ލިބޭނަމަ އޭނައަށް އޯކޭ. އޭނައަކަށް ނޭނގެ އެތަނުގައި ހިނގަނީ ކޮން ވިޔަފާރިއެއް ކަމެއް. ވިއްކަނީ ކޯޗެއް ކަމެއް. ލާރި ވަންނަނީ ކޮންތާކަށް ކަމެއް. މިހާ ހައި ރިސްކް ނަގައިގެން ތިބި ދިވެހީން އެބަތިބި.” އިޙްސާން ވިދާޅުވިއެވެ. އިޙްސާން ވިދާޅުވީ، މިކަންކަން އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން މިފަދަ ފިހާރަތަކާއި ގުޅިފައިވާ ބިދޭސީންނާއި، އެކައުންޓުތަކުގައި ފައިސާ ދައުރުކުރަމުންދާ ގޮތް ތަންފީޒީ އިދާރާތަކުން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިވާނަމަ އަދި ޖިނާޢީ ދަޢުވާ ކުރެވޭ ފަދަ ކަންކަން ފާހަގަވާނަމަ އެކަންކަމުގައި ހިމެނޭ ދިވެހީންގެ މައްޗަށްވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ބިދޭސީންނާއި ގުޅިފައިވާ ވިޔަފާރިތަކުގެ ޙަޤީޤަތާއެކު އެނގިގެން ދިޔައީ، މާލީ ކުޑަ މަންފާއަކަށް މުޅި ޤައުމުގެ އިޤްތިސާދަށް ބޮޑު ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކުރެވޭކަން ގިނަ ދިވެހީންނަށް ރޭކާނުލާ ކަމެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ ފަރާތްތައް އެކަން ވަގުތުން ހުއްޓާލަން ޖެހެއެވެ. އަދި އެފަދަ ކަމެއް ކުރާ މީހަކު އެނގޭނަމަ އެފަރާތްތަކުގެ މަޢުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހެއެވެ. ބިދޭސީން ހިންގާ މިފަދަ ފިހާރަތަކުން ވިޔަފާރި ނުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ޑޮލަރުގެ ދަތިކަން އެތައް ބަޔަކަށް ކުރަމުންދާއިރު އެކަން ޙައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވެސް ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
