
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ބަންކަރިން ޚިދުމަތަކީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްޞަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
ވަޒީރު ސައީދު ވިދާޅުވީ، އޮކްޓޯބަރ މަހުގެ 28 އާއި ހަމައަށް ބަންކަރިންގެ ޚިދުމަތުން 192 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެއިރު ހާމަކޮށްފައިވާ ކަމަށެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 17 މިލިޔަން ރުފިޔާގެ އާމްދަނީއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި 24 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.
“މިއަދު މިވާހަކަ ދައްކާއިރު 282،105،591 ރުފިޔާ. އެއީ، ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާގެ ބޮޑުވުމެއް އަނެއްކާވެސް. ޓެކްސްގެ ގޮތުގައި 24 މިލިޔަން ރުފިޔާ. އެއީ، ގާތްގަނޑަކަށް 8 މިލިޔަން ރުފިޔާގެ އިތުރުވުމެއް. މީގަ އެންމެ ހިތްހަމަޖެހޭ ކަމަކީ، %76 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކަރ ކުރާ އެއްޗެހި. މިއީ މި ސަރުކާރުގައި ފެށިގެން ދިޔަ ވަރަށް މުހިންމު މަޝްރޫއެއް.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތަކީ މި ސަރުކާރުން ފެށި ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މުސްތަޤުބަލު އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ، ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުގައެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ، މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށްވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
