
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޮމާލިޔާއިން ވަކިވެގަނެފައިވާ ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޔަހޫދީން ބަލައިގަނެފައި ވަނީ ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތިކޮށް ވަޒަނުން ބޭރުކުރުމުގެ ބޭނުމުގައި ކަމަށް ސޮމާލިޔާގެ ޚާރިޖީ ވަޒީރު، ޢަލީ އޮމަރް ތުހުމަތުކުރައްވައިފިއެވެ. ސޮމާލިޔާގެ އުތުރުގައި އޮންނަ ސޮމާލީލޭންޑަކީ 1991ވަނަ އަހަރު ސޮމާލިޔާގެ މައި ސަރުކާރު ވެއްޓުމާއެކު ވަކިވެގަނެ، އަމިއްލަ ވެރިކަމެއް ކުރަމުންދާ ސަރަޙައްދެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ ދުނިޔެެެއިން އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި މިހާތަނަށް ބަލައިގެންފައިވާ ހަމައެކަނި އދގެ މެންބަރަކީ ޔަހޫދީންނެވެ. ޔަހޫދީން ނިންމި ނިންމުން ސޮމާލިޔާއާއި ބައިނަލްއަޤްވާމީ ދުނިޔެެއިން ދަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.
ސޮމާލިޔާއިން ވަނީ ޔަހޫދީންގެ ނިންމުން ބަދަލު ކުރުމަށް ގޮވާލައިފައެވެ. އެއީ ސޮމާލިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ ޞުލްޙައާއި ހަމަޖެހުމަށް އަސަރުކުރާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އެ ނިންމުމުން ދައްކުވައިދެނީ ޔަހޫދީން އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައިވާކަން ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ. އަދި ޚާރިޖީ، ސިޔާސީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޤައުމުގެ އިސްތިޤުލާލު ރައްކާތެރިކުރާނެ ކަމަށް އެ ޤައުމުން ބުނެއެވެ. އޭގެ އިތުރުން ޔަހޫދީން ސޮމާލީލޭންޑު ބަލައިގަތުމަކީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭުރުކުރުމަށް ޔަހޫދީން ގެންގުޅޭ ވިސްނުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންގެ ނިންމުން ކުށްވެރިކޮށް، ސޮމާލީލޭންޑަކީ ޣައްޒާގެ ރައްޔިތުން ފޮނުވައިލުމަށް ޔަހޫދީން ރާވަމުންދިޔަ ބިމެއް ކަމަށް ބުނެފައެވެ. ޣައްޒާގެ ރައްޔިތުން ސޮމާލީލޭންޑަށް ފޮނުވައިލުމަކީ ހުރަސްނުކުރެވޭނެ ރަތް ރޮނގެއްގެ ގޮތުގައި ސިފަކޮށް އެ ވުޒާރާއިން ވަނީ އެ ކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
