
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަނުގެ ދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ އިން ޤައުމުގެ ހަމަޖެހުމަށް ބުރޫއަރާ ގޮތަށް އެ ޤައުމުގެ ޙަޟްރަމައުތު ޕްރޮވިންސުގައި އަސްކަރީ ގޮތުން ޙަރަކާތްތެރި ވެެއްޖެ ނަމަ ރައްދު ދޭނެ ކަމަށް އެ ޤައުމުގައި ޞުލްޙަ ދެމެހެއްޓުމަށް އެހީީތެރިވާ ބައިނަލްއަޤްވާމީ އިއްތިޙާދުން ބުނެފިއެވެ. ސަޢުދީ ޢަރަބިއްޔާއިން އިސްވެ އޮވެ އުފައްދާފައިވާ މި އިއްތިޙާދުން ބުނީ އެ ފަދަ ޙާލަތެއްގައި އެސްޓީސީއޭ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށާއި ޤައުމުގައި ތަޅައިފޮޅުމާއި ލޭއޮހޮރުވުން އިތުރުވިޔަ ނުދިނުމަށް ކަމަށެވެ.
އެ އިއްތިޙާދުން އެހެން ބުނީ ޔަމަނުގެ ޕްރެސިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ އިސްވެރިޔާ ރަޝާދު އަލް ޢާލިމީ، އެސްޓީސީއިން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ޙަޟްރަމައުތުގައި ދިރުއުޅޭ ރައްޔިތުން ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެސްޓީސީން ވަނީ ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ޢަދަނުގައި ބަލިކަށިކޮށް އެ ސަރަޙައްދުން ބޭރުކޮށްލައިފައެވެ. އެސްޓީސީން މި މަހުގެ ތެރޭގައި ވަނީ އެ ޤައުމުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި މަހުގެ ކުރީކޮޅު އެސްޓީސީގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ބައެއް ސަރަޙައްދުތަކުން އެ ޖަމާޢަތުން ފޭބުމަށް ސަޢުދީ ޢަރަބިއްޔާއިން ގޮވާލިގޮވާލުމަށް ވެސް އެ ޖަމާޢަތުން ވަނީ ދެކޮޅު ހަދައިފައެވެ. އޭގެ ބަދަލުގައި އިރުމަތީ ދެ ސަރަޙައްދު ކަމަށްވާ ޙަޟްރަމައުތާއި އަލް މަހްރާ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެސްޓީސީން ވަނީ ބުނެފައެވެ.
އޭގެ ފަހުން ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވަޒީރު، އަމީރު ޚާލިދު ބިން ސަލްމާން ވެސް ވަނީ މަޝްވަރާގެ މަގުން ކަންކަން ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް އެސްޓީސީއަށް ގޮވާލައްވައިފައެވެ. އަދި ޞުލްޙަވެރިކަމާއެކު ޙަޟްރަމައުތާއި އަލް މަހްރާއިން ފޭބުމަށް ވެސް ގޮވާލައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
