
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިހަވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ އަންހެން ފުޓުބޯޅަ މުބާރާތް “އެފްއޭއެމް ވިމެންސް ލީގު 2025” ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ނައިބު ރައީސް ވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، އޮޑި ސްޕޯޓް ކުލަބު ކުޅުނު ފޯރިގަދަ މެޗު ބައްލަވާލައްވާފައެވެ. 2-0 ލަނޑުން މާޒިޔާއިން ލީގު ކާމިޔާބުކުރިއިރު ޗެމްޕިއަންޓީމަށް ޓްރޮފީއާއި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެމަނިކުފާނު ވަނީ ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.
އަދި މި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ އަންހެން ފުޓުބޯޅައަށް އަލުން ދިރުން ގެނެސްދީ ކުރިޔަށް ގެންދެވުމަށް ބޭއްވުނު މުހިންމު މުބާރާތެއް ކަމަށެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަނުން މި ފެށި މުބާރާތާއެކު މުޅި ރާއްޖެއަށް އަންހެން ފުޓުބޯޅަވެސް އަދި އެހެން ކުޅިވަރުތައްވެސް ފަތުރާލުމަށް ކުރެވޭ މަސައްކަތަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާގެ ރޭކާ ފައުޑާއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވިކްޓަރީގެ ރުސްޓުލެއިވާ ލޭލާއެވެ. 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ވިކްޓްރީގެ ޝަހާ ޝަރީފެވެ. އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑީގެ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ. އެންމެ މޮޅު ގޯލުކީޕަރަކަށް ހޮވުނީ ރާއްޖޭގެ ގައުމީ ޓީމުގެ އެއްވަނަ ނަމްބަރު ކީޕަރު އައިޝަތު ލީޒާއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާގެ ރޭކާ ބޯނާއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ބިސްބުރު ސްޕޯޓްސް ކުލަބެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޑްރީމް ޓީމުގައި ހިމެނޭ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ، ވިކްޓްރީގެ ރުސްޓުލޭވާ އާއި، ޝަފީނާ ރުސާލިއާ އާއި މާޒިޔާގެ ޝަހުފާ ޝިއުތު، ދީޕާ ޝާހިން، ކީޕަރު އައިޝަތު ލީޒާ، ރޭކާ ޕޮންޑާ، އޮޑި ސްޕޯޓްސް ކުލަބުގެ ފާތިމަތު ޝާލިއާ، ނަސްތާސިއާ ސުންކީ ރަމަދާނީ، އިންޝާ އާދަމް އަދި ފިރުޝާނާ ނަސީރެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި ކުޅިވަރު ވުޒާރާ އާއި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިގު އަދި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
