
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބިދޭސީން ޤާވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަށް ބަންދުކުރަން ފެށުމުން އޭގެ މަންފާ ދިވެހި ވިޔަފާރިތަކަށް ކުރަން ފަށާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަކީ ރާއްޖެއަށް ދިމާވެފައިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރަމުންދާ އެއް މަސައްކަތެވެ. އިޤްތިޞާދީ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި ދާޚިލީ ވުޒާރާއާއި މި ވުޒާރާތަކުގެ ދަށުން ހިންގަމުންދާ ތަންފީޒީ އެކި އިދާރާތައް ހިމެނިގެން މިހާރު އެކުލަވާލާވައިވާ ޓާސްކް ފޯހުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
ޕީއެސްއެމް ނިއުސްއިންއިން ގެނެސްދޭ ދުވެލި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ވިޔަފާރި ކުރަމުން އަންނަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޮޅުން އަރާގޮތަށް ކަމަށެވެ. މިފަދަ ވިޔަފާރިތައް ހިންގާ ގޮތުން، ދިވެހި މީހާގެ ނަންމަތީ ވިޔަފާރި ރަޖިސްޓަރ ކުރެވިފައި އޮތަސް، ތަން ހިންގާ، ތަނަށް ވަންނަ ހުރިހާ އާމްދަނީއެއް ދައުރު ކުރަނީ ބިދޭސީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ވިޔަފާރިތަކަށް ވަންނަ ފައިސާ ޑޮލަރަށް ބަދަލުކޮށް ޤައުމުން ބޭރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާ މެދުވެރިކޮށް ކުރެވޭ ތަހުޤީޤަކުން ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “ވިޔަފާރިތަކުގައި މިގޮތަށް ފާހަގަވާ ތަންތަނުގައި އަޅުގަނޑުމެން އެކުއެކީގައި އެބަ ފަށަން ފުލުހުންގެ ތަހުޤީގެއް. މަނީ ލޯންޑަރިން އަށް ޝައްކުވާ ތަންތަންވެސް އަޅުގަނޑުމެންނަށް އެބަފެނޭ. މިހެން ހުންނަ ތަންތަނުގައި ލާރި ހޯދާ ގޮތްތަކާއި ލާރި ދައުރުކުރާ ގޮތްތަކާއި ބަލާފައި ޖިނާޢީ މިންގަނޑުން ދައުވާ ކުރަން ޖެހިއްޖެއިއްޔާ ދިވެހި ވިޔަފާރި ރަޖިސްޓަރ ކޮށްފައިވާ ފަރާތައް ދައުވާވެސް ކުރާނަން. އޭގެ އިތުރަށް ބިދޭސީން ޤަވާއިދާ ޚިލާފަށް ގެންގުޅުން މިހާރު 50،000ރ. ޖޫރިމަނާ ކުރެވޭނެ. އެ ޖޫރިމަނާވެސް އަޅުގަނޑުމެން ކުރާނަން. ” ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވަނީ މިފަދަ ވިޔަފާރިތައްކޮށް ރާއްޖެއިން ބޭރަށް ޑޮލަރު ބޭރުވަމުންދާއިރު، މިކަން މިގޮތަށް މެދުވެރިވަނީ ދިވެހިން އެކަމަށް ފުރުސަތު ދިނުމުން ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަން ހުއްޓާލައި ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. ދާޚިލީ ވަޒީރު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިކަމުގެ ތެރެއިން މިހާރު އަޅުގަނޑުމެންނަށް ލިބެމުން އަންނަ އެއް ފީޑްބެކަކީ، މިހެން ހުންނަ ކަންމަތީ ފިހާރައާއި ހޮޓާތައް ބަންދުކުރަން ފެށީމަ، ދިވެހި ވިޔަފާރިވެރިޔާގެ ފިހާރައަށް މަޑުމަޑުން ސޭލްސް އިތުރުވަމުން އަންނަކަމަށް. ދިވެހި ވިޔަފާރިވެރިޔާގެ ކެފޭތަކުން ރަނގަޅަށް އެއްޗެހި ވިކެމުން އެބަދޭ. މިއީ އަސްލު ގެންނަން ބޭނުންވާ ބަދަލަކީ. ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ދިވެހިންނަށް އެމީހުން ބޭނުންވާ އާމްދަނީ ރަނގަޅަށް ލިބުން.” ދާޚިލީ ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރުން ހުއްޓުވައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން އަންނަ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މި މަސައްކަތުގެ ތެރެއިން މާލޭގައި ރެޖިސްޓަރ ނުކޮށް ހިންގަމުން އަންނަ ސްޕާތައް ބަންދުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި މިވަގުތު ބިދޭސީން ޤަވާޢިދު ތެރެއަށް ވަނުމަށް ފަހު ފުރުސަތަށް އަންނަ އަހަރުގެ އެޕްރީލް އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
