
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ޔޫކްރެއިންއާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ މަޤްސަދުތަކަށް ބަދަލެއް ނާންނަ ކަމަށާއި، ޔޫކްރެއިންގެ ބިިންތައް ހިފައި ސޯވިއެޓް ޔޫނިއަންގެ ގޮތުގައި މީގެ ކުރިން އޮތް ބިންތައް އަތުލުމަށް އޭނާ ގަސްތުކުރައްވާކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކަކުން އަނެއްކާވެސް ދައްކައިފިއެވެ.
އެ ހޯދުންތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއާ ގުޅޭގޮތުން މި ފަހުން ދައްކަވާފައިވާ ވާހަކަތަކާ ފުށުއަރާ ހޯދުންތަކެކެވެ. ޓްރަމްޕް ވަނީ ޕުޓިން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ވަރަށް ގާތްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހަނގުރާމަ ފެށުނީއްސުރެ ބުނަމުން ދަނީ ޕުޓިންގެ މަޤުސަދުތަކަށް ބަދަލެއް ނާންނަ ކަމަށާއި، އޭނާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ބޭނުންވެވަޑައިގަންނަވަނީ މުޅި ޔޫކްރެއިން ހިފައި ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށް މި ފަދަ ރިޕޯޓުތަކުގައި އަބަދު ވެސް ދަނީ ބުނަމުންނެވެ. އަދި ޔޫކްރެއިންގެ އިތުރުން ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި ކުރިން އޮތް ނޭޓޯގެ ބައެއް ޤައުމުތަކުގެ ސަރަޙައްދުތައް ވެސް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ޕުޓިން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަސް ވެސް ރިޕޯޓުތަކުގައި ފެށުނީއްސުރެ ދަނީ ފާހަގަކުރަމުންނެވެ. ވިލާތުގެ ޖާސޫސީ އިދާރާތަކުގެ ހޯދުންތައް ވެސް މިއާ ދިމާވެއެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔަ ނަަމަވެސް ސަލާމަތީ ގެރެންޓީ ދިނުމާއި ޔޫކްރެއިންގެ ބިމުގެ އެއްވެސް މިންވަރެއް ދޫކޮށްލުމަށް އެ ޤައުމުން އެއްބަސްނުވާތީ މައްސަލައަށް ދާއިމީ ޙައްލެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
