
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނިރުބަވެރި ޖަމާޢަތް، އައިސިސްއިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސޫރިޔާގެ ވެރިކަން ފޭރިގަތް ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އެ ޤައުމަށް މި ފަދަ ވަރުގަދަ ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އައިސިސްގެ ދޮޅަހަކަށް ވުރެ ގިނަ އަމާޒަށް ޙަމަލާ ދީފައި ވަނީ، އައިސިސްގެ ނިރުބަވެރިން ދިން ޙަމަލާއެއްގައި ސޫރިޔާގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާ ސިފައިންގެ ދެ މީހަކު މަރައިލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން އައިސިސްގެ އަމާޒުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ޙަމަލާތައް ދީފައިވެއެވެ.
އައިސިސްއާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި ސޫރިޔާގެ ސިފައިން ވެސް ދަނީ ބައިވެރި ކުރަމުންނެވެ. “މިއީ ހަނގުރާމައެއްގެ ފެށުމެއް ނޫން. މިއީ، ބަދަލު ހިފުމުގެ ޙަމަލާތަކެއް. މިއަދު އަޅުގަނޑުމެން ވާނީ ދުޝްމަނުން ހޯދައި، މަރައިލާފައި. ވަރަށް ގިނަ އަދަދެއްގެ ދުޝްމަނުން. އެ ކަން ކުރިއަށް ދާނެ،” ސޫރިޔާއަށް އެންމެ ފަހުން އެމެރިކާއިން ދީފައިވާ ޙަމަލާތަކާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
