
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ނޫސްވެރިންނަށް އިންތިހާއަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ޤައުމުގައި ހިންގާ ނޫސްތަކުގެ އެޑިޓަރުން ބުނެފިއެވެ. ބަންގްލަދޭޝްގައި މި ފަދަ ޙާލަތެއް ކުރިމަތިވެފައި މި ވަނީ އެ ޤައުމުގެ ޒުވާނުން ތަމްސީލުކުރާ އިސް މީހެއް ކަމަށްވާ ޝަރީފް އުޘްމާން ހާދީއަށް ޙަމަލާދީ މަރައިލި ހާދިޘާއާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުން ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ހާދީއަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމުގައި މެދުވެރިވި ޒުވާނުންގެ މުޒާހަރާގައި އިސް ދައުރެއް އަދާކުރި މީހެކެވެ. އޭނާ މަރާލާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޙާބަށް ކުރިމަތިލައި އޭނާގެ ކެންޕޭނު ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިންނެވެ.
ހާދީގެ މަރަށް ފަހު ބަންގްލަދޭޝްގެ އެކި ބައިގަނޑުތަކުން ދަނީ ނޫސް އިދާރާތަކަށް ޙަމަލާ ދީ އެ ފަދަ ތަންތަނުގައި ހުޅުޖަހައި ގެއްލުން ދެމުންނެވެ. ޙަމަލާދޭ މީހުން ޤަބޫލުކުރާ ގޮތުގައި ނޫސްތަކުން ކުރިއަރުވަނީ ޙަސީނާއާއި ބޭރު ޤައުމުތަކުގެ މަސްލަހަތެވެ. ނަމަވެސް ނޫސްތަކުން އެ ތުހުމަތުތައް ދޮގުކުރެއެވެ. އިންތިޙާބު ބޭއްވުމާ ގާތްވެފައިވާއިރު ނޫސްތަކަށް މި ފަދަ ޙަމަލާތައް ދިނުމަކީ ބަންގްލަދޭޝްގައި އޮންނަ ނޫސްވެރިންގެ މިނިވަންކަމާއި އެ މީީހުންގެ ރައްކާތެރިކަމާމެދު ސުވާލުއުފެދޭ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
