
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާގެ “ވިމެންސް ކާވާ ކަޕް 2025” ރާއްޖެ ކަހަލަ ރީތި މާހައުލެއްގައި ކުޅެވޭތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުނެ ކާވާގެ މެންބަރު ގައުމުތަކުން ރާއްޖެއަށް ތައުރީފުކޮށްފިއެވެ. ކިރްގިސްތާން ވޮލީބޯޅަ ފެޑެރޭޝަންގެ ސެކެއްޓްރީ ޖެނެރަލް ކިލިޗް ސަރްބަގިޝިފް ވިދާޅުވީ ރާއްޖެއިން ދިން މެހެންމާދާރީ އާއި އިންތިޒާމުތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މުބާރާތް ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށާއި، ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފުގެ ލީޑަރޝިޕްގެ ދަށުން އަންހެނުންގެ ކާވާ ކަޕްގެ އިންތިޒާމުތައް ހުރީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ފާހަގަަކުރިއެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި “ކޯޓުގައި މޮޕުލާ މީހުންނާއި ހަމައިން ފެށިގެން ސަޕޯޓަރުންނާއި އެގްޒެކެޓީވް ލެވެލްގެ ބޭފުޅުން ކޮށްދެއްވާ ކަންކަން ފާހަގަކޮށް ހަމައަށް ޝުކުރު އަދާކުރަން. ރާއްޖެ އާދެވުމަކި ބޮޑު އުފަލެއް ކަމަށް. ރާއްޖޭގެ އަސްލު މީހުން، ރައްޔިތުންގެ ފަރާތުން މި ކޮށްދޭ ކަންކަން ވަރަށް ފުރިހަމަ” ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ. ކުޅިވަރު ވުޒާރާ އާއި ސަރުކާރުގެ ފުރިހަމަ ސަޕޯޓު މި މުބާރާތަށް ލިބެމުން އަންނަ ކަމަށާއި، މިއީ ވަރަށް ގުޅިގެން ސަރުކާރާއި ހުރިހާ އިދާރާއަކުން ކުރާ މަސައްކަތެއްކަން ފާހަގަކުރެވޭކަމަށްވެސް ކިރްގިސްތާނުން ފާހަގަ ކުރިއެވެ. “އުންމީދަކީ މުބާރާތުގައި ކުޅުންތެރިންނަށް އަނިޔާނުވެ އެންޖޯއީކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަރުޖިބާކޮށްލުމުގެ ފުރުސަތުލި މި ރީތި ހިތްގައިމު މޫދާއި އިރާ ދޮންވެލީގެ ތަޖްރިބާ ކޮށްލަން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ލިބުން. ރާއްޖެ އާދެވުމަކީ އެކުދިން ވަރަށް ބޮޑު އެޗީވްމެންޓެއް” ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.
އީރާން ވޮލީބޯޅަ ފެޑެރޭޝަންގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ކާވާގެ އޭވީސީ މެންބަރު އަދި ކުރީގެ އެފްއައިވީބީ އިންޓަނޭޝަނަލް ރެފްރީ މައްސޫދު ޔަޒްލަމްފަނާ ވިދާޅުވީ ކާވާ އުފެދުންއިރު ވަރަށް ގިނަ މައްސަލަތައް ހުރިކަމަށާއި އެކަމަކު މިފަހަރު އެއްވެސް މައްސަލައެއް ނެތް ކަމަށް ޓެކްނިކަލް ކޮމިޓީގެ ހުރިހާ މެންބަރުންވެސް ފާހަގަކުރެއްވި ކަމަށެވެ. ބަންގްލަދޭޝް އާއި އީރާނުގެ އެސޯސިއޭޝަނުގެ ވެރިންވެސް ވަނީ މިކަންކަން ފާހަގަކޮށް ރާއްޖެއަށް ތައުރީފުކޮށްފައެވެ. ބަންގްލަދޭޝް ވޮލީބޯޅަ އެސޯސިއޭޝަނުގެ ސީނިއަރ ނައިބު ރައީސް ލަތީފް ޒާހިދީ ވެސް ވަނީ ރާއްޖޭން ހޯސްޓް ކުރާ މި މުބާރާތުގައި ހުރިހާ އިންތިޒާމުތަކެއް ވަރަށް ފުރިހަމަކަން ފާހަގަ ކުރައްވާފައެވެ.
ވިމެންސް ކާވާ ކަޕް 2025 ކުރިޔަށްދަނީ 20- 25 އަށް ސޯސަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސީނިއާ އަންހެން ޓީމުން ވަނީ ރަން މެޑަލް ހޯދުމާއި ނުހަނު ގާތުގައެވެ. ޕޮއިންޓް ތާވަލުގައި ރާއްޖެ އޮތީ އެއްވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
