
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕުގައި ފަހަތުން އަރައި ކިރްގިސްތާން ބަލިކޮށް ރާއްޖެއިން ލީގުބުރުގެ އެއްވަނަ ހޯދިއިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ މެޗުގެ ރާއްޖެއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއަށް ގެއްލުންނީ 25-15 އިންނެވެ. ރާއްޖެ އަށް ފުރަތަމަ ސެޓުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރާއްޖެއިން ފަހު ތިން ސެޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރި މަތީގައި ރާއްޖެއިން މެޗުގެ ދެވަނަ ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ. މިއާ އެކު ރާއްޖެއިން އިތުބާރު ގާއިމުކޮށް ކުޅުން ރަނގަޅު ކުރިއެވެ.
ރާއްޖޭގެ ޑިފެންސާ ރިސީވްތައް ރަނގަޅު މެޗުގެ ތިން ވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ. މިއާ އެކު ޖެހިގެން އައި ސެޓުގައި ރާއްޖެއިން އިތުބާރު ބޮޑުކުރިއެވެ. ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ވައިސް ކެޕްޓަން، ފާތިމަތު ޖޫޒާން ޒަރީރުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ރާއްޖެއިން މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ. މިއާ އެކު ތިން މެޗުން މޮޅުވެ ރާއްޖެ ވަނީ ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ކުޅޭނީ ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވެ، ފުލަށް ދިޔަ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ، ބުދަ ދުވަހު ހަވީރު އެވެ. އަދި، އެރޭ ކުޅޭ ސެމީ ފައިނަލް އަނެއް މެޗުގައި ލީގު ބުރުގެ ދެ ވަނަ ދިޔަ، ކިރްގިސްތާނުން ކުޅޭނީ ތިން ވަނަ ހޯދި އަފްގާނިސްތާންއާ އެވެ.
މިއީ، 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފަހުން، ފާއިތުވި ހަ އަހަރުތެރޭ ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
