
(ފޮޓޯ ކްރެޑިޓްސް: ރިވައިވަލް ސްޕޯޓްސް)
ރިވައިވަލްގެ ތިން އެތުލީޓަކު މެލޭޝިއާގައި ޓްރޭނިންގ ކޭމްޕެއްގައި ތަމްރީނުތައް ފަށައިފިއެވެ. މި ކޭމްޕަކީ އޭޝިއާ ބެޑްމިންޓަން އެކެޑެމީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި ރިވައިވަލްގެ ފަރާތުން ބައިވެރިވަމުން އަންނަނީ އެކުލަބުގެ 21 އަހަރުންދަށުގެ ސްކޮޑުގެ ކުޅުންތެރިންކަމަށްވާ އާދަމް މަހީން މުހައްމަދު އާއި އަހުމަދު އަޔާން ބިން މުހައްމަދު ޞަލާހުގެ އިތުރުން މުހައްމަދު ޚަލަފު އިމްރާންއެވެ. މިމަހުގެ 22 އިން އަންނަ ޖެނުއަރީމަހުގެ 24 ގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ދަސްކޮށްދޭނީ ބެޑްމިންޓަނުގެ އެޑްވާންސް ޓެކްޓިކަލް ޑެވެލޮޕްމެންޓާއި ގުޅުންހުރި ކަންކަމެވެ. އެގޮތުން ޒަމާނީ ބެޑްމިންޓަނުގެ އެންމެ މުހިންމު ފަސް ކީ ޓެކްޓިކަލް ރޫލްތަކަށް މި ކޭމްޕު ނިމިގެންދާއިރު އެތުލީޓުން އަހުލުވެރިވާނެއެވެ.
މިފަދަ ޕްރޮގްރާމެއްގައި ރާއްޖޭގެ އެތުލީޓުން ބައިވެރިކުރުވުމުގެ ބޭނުމަކީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމަށް ފުރުސަތު ހޯދަދިނުންކަމަށް ރިވައިވަލްއިން ބުނެއެވެ. މިފަދަ ޓްރޭނިންގ ތަކުގެ ސަބަބުން ރާއްޖޭގެ ޒުވާން އެތުލީޓުން ބައިނަލްއަގްވާމީ މެޗުތަކަށް ހޭނި، އެންމެ މަތީ ފެންވަރުގެ ޓްރޭނަރުންގެ ބެލުމުގެ ދަށުން ތަމްރީނުވެގެންދާއިރު މިއީ މުސްތަގުބަލުގައި އެލީޓް އެތުލީޓުންތަކެއް ގައުމުގައި އުފެދިގެން ދިއުމަށް ބާރަކަށްވެގެންދާނެކަމަށް ރިވައިވަލްއިން ބުނެއެވެ. މި ޓްރޭނިން ކުރިއަށްގެންދާ “ދި އޭޝިއާ ބެޑްމިންޓަން އެކެޑެމީ” އަކީ މިކުޅިވަރުން އެތުލީޓުން އުފެއްދުމުގައި ފާހަގަކޮށްލެވޭ އެކެޑެމީއެކެވެ. އެ އެކެޑެމީއިން ކުރިއަށްގެންދާ ޓްރޭނިންގައި އޮން ކޯޓު ޓެކްޓިކަލް ސެޝަންތަކާއި، ފިޒިކަލް ކޮންޑިޝަނިންގެ އިތުރުން ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސެޝަންތައް ކުރިއަށްގެންދާނެއެވެ.
މެލޭޝިއާގައި ކުރިއަށްދާ މި ކޭމްޕަށް ރިވައިވަލްގެ އެތުލީޓުން ފުރާފަވަނީ ރޭގައެވެ. އަދި މިކުދިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
