
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ އަންހެން ލީގުގެ ޝީލްޑް ސަޕޯޓަރުންގެ ހިތްވަރާއެކު އުފުލާލާނެ ކަމަށް ބުނެފައެވެ. އޮޑިއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކުޅެ ލީގު ކާމިޔާބުކުރާނެ ކަމަށް މާޒިޔާގެ ކުޅުންތެރިންނާއި ކޯޗު ބުނެއެވެ. މާޒިޔާގެ ކެޕްޓަން ބުނީ މިއީ ސީދާ ތައްޓަށް އަމާޒުހިފައި ނިކުތް ޓީމެއް ކަމަށާއި، ލީގުގެ ފަހު މެޗުވެސް މާޒިޔާއިން ކާމިޔާބުކުރާނެ ކަމަށެވެ. ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އައިޝަތު މާހީން ވިދާޅުވީ އޮޑިއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިނުމަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ.
މާޒިޔާ އަންހެން ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަހުމަދު އަހުސަން ފާހަގަކުރެއްވީ ލީގު ހީވެސް ނުކުރާހާ ފޯރިގަދަވެގެން ދިޔަ ކަމަށާއި، މިއަދުގެ މެޗު ވަރަށް ވާދަވެރިވާނެ ކަމަށެވެ. މި މުހިންމު މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ހިތްވަރު ދިނުމަށް އޭނާ އެދިލެއްވިއެވެ. އަދި އަންހެން ފުޓުބޯޅަ ކުރިއަރައިގެން ދިޔަކަން މި ލީގުން ފެނިގެންދާ ކަމަށާއި، ބިދޭސީ ކުޅުންތެރިންނާއެކު ޓީމުތައް ވަރުގަދަވެ، މެނޭޖްމަންޓްތަކުގެ ބައިވެރިވުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.
އަންހެން ލީގުގެ ފަހު މެޗު މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެވޭނެއެވެ. މާޒިޔާގައި ތަޖުރިބާކާރު ގައުމީ ކުޅުންތެރިންނާއި ނޭޕާލުގެ ދެ ކުޅުންތެރިން ހިމެނޭއިރު، އޮޑީގައިވެސް ތިބީ ރާއްޖޭގައި ގުނާލެވޭ ފެންވަރުގެ ކުޅުންތެރިންނެވެ. މި މެޗުން މާޒިޔާއަށް އެއްވަރުކޮށްގެން ވެސް ލީގު ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އޮޑީއަށް ލީގު ކާމިޔާބު ކުރެވޭނީ މި މެޗުން މޮޅުވެގެންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
