
ލިވަޕޫލްގެ ފޯވަޑް އެލެގްޒެންޑާ އިސާކްގެ ފައި އޮޕަރޭޝަން ކޮށްފި އެވެ. އެނާގެ ފައި އޮޕަރޭޝަން ކުރީ ޓޮޓެންހަމް އަތުން މި ހަފުތާގައި ލިވަޕޫލް މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނުމަށްފަހު އޭނާ ކުޅުމާ ވަކިވީ އިތުރަށް ދަނޑުމަތީގައި ކެތްނުކުރެވިގެންނެވެ. އެއީ ގޯލް ޖެހި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމުގެ ކުޅުންތެރިއަކު ކުރި ޓެކްލްގެ ސަބަބުންނެވެ. ފަހުން ހެދި ޓެސްޓްތަކުން އެނގުނީ އިސާކްގެ ފައިގެ ކުޑަހުޅު ކައިރިން ކަޑިކޮޅެއް ބިންދައިގެންގޮސްފައިވާ ކަމަށެވެ.
އިނގިރޭސި ޕްރެމިއާ ލީގުގެ ރެކޯޑް އަގެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް ނިއުކާސަލްއިން ލިވަޕޫލަށް ގެނައި ސްވިޑްން ފޯވަޑް ދެން އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ޔަގީނެއް ނޫނެވެ. ނަމަވެސް ލިވަޕޫލުން ބުނީ ޔަގީނުން ވެސް މި ސީޒަނުގެ ބޮޑު ބައެއް އޭނާ އަށް ގެއްލޭނެ ކަމަށެވެ. އިސާކް ނެތުމަކީ ލިވަޕޫލަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށްވާނެ އެވެ. ސަބަބަކީ ޓީމުގެ ފޯވަޑެއްގެ ގޮތުގައި ދެން ހުރީ ފްރާންސްގެ ޒުވާން ފޯވަޑް ހޫގޯ އެކިޓިކޭ އެކަނި ކަމަށްވާތީ އެވެ. އަނެއްކޮޅުން މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ އެފްރިކަން ކަޕް ނޭޝަންސްގައި ކުޅެން ގައުމީ ޓީމާ ގުޅިފަ އެވެ.
މި ސީޒަނުގައި ފޯމު ކަޓާފައިވާ ލިވަޕޫލުން ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ކޮށްފައިވުމާއެކު ކުރިއަށް އޮތް ޖެނުއަރީ މަހު އިތުރު ފޯވަޑެއް ގެންނާނެ ކަމަށް ނުބުނެލެވެ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
