
ރެއާލް މެޑްރިޑުގެ ބްރެޒިލް ޒުވާން ފޯވާޑް އެންޑްރިކް ފިލިޕޭ، ފްރާންސްގެ ލިއޯނަށް ދޫކޮށްލައިފި އެވެ. އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ މި ވަގުތަށް ރެއާލްއިން ދޫކޮށްލީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ސަބަބަކީ ޓީމުގެ ވާދަވެރިކަން ބޮޑުވުމުން އެންޑްރިކަށް ކުޅުމުގެ ވަގުތު ނުލިބޭތީ އެވެ. އަނިޔާގެ ސަބަބުންނާ ވެސް އެކު މި ސީޒަނުގައި އަދި އޭނާ އަށް އެންމެ މިނިޓެއް ކުޅެން ނުލިބެ އެވެ. އަނެއްކޮޅުން ކުރިއަށް އޮތް އަހަރުގެ ވޯލްޑް ކަޕް ކުޅޭ ބްރެޒިލް ޓީމުން ޖާގަ ހޯދަން އެންޑްރިކް ބޭނުންވެ އެވެ. އޭނާ އަށް އެ ފުރުސަތު ލިބެން އޮތީ ގަވާއިދުން ކުޅެގެންނެވެ.
ލޯނު އެއްބަސްވުމުގައިވާ ގޮތުން މި ސީޒަން ނިމުމުން އެންޑްރިކް އަލުން ރެއާލްއާ ގުޅެން ޖެހޭނެ އެވެ. އެއީ އޭނާ ގަތުމުގެ އެއްވެސް ވާހަކަ އެއް ކޮންޓްރެކްޓްގައި ހިމަނާފައި ނުވާތީ އެވެ. ލިއޯންގައި އޭނާ ކުޅޭ މުއްދަތުގައި މުސާރަ ދޭނީ ދެ ކުލަބުންނެވެ. މި ގޮތުން ރެއާލް މެޑްރިޑުން އޭނާގެ މުސާރައިގެ ދެބައިކުޅައެއްބައި ދޭނެ އެވެ. ރެއާލްގެ ފުރަތަމަ 11އިން ޖާގަ ހޯދަން ފޯވަޑުންގެ ވާދަވެރިކަން ބޮޑެވެ. ޓީމުގެ ޓީމުގެ ފުރަތަމަ 11ގައި ގަވާއިދުން ކުޅެމުންދަނީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އާއި ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ފަހުން ޖާގަ ލިބެމުންދަނީ ބްރެޒިލްގެ ރޮޑްރީގޯ އަށެވެ. މިއަށްފަހު ސްޕޭނުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އަށެވެ. މިހެންވެ މި ސީޒަނުގައި އެންޑްރިކް ވެފައިވަނީ ޓީމުގެ ފަސް ވަނަ ފޯވަޑަށެވެ.
އެންޑްރިކް ވަނީ ހުސްވި ސީޒަނުގައި ރެއާލް އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކައި ރެއާލް އާއި ބްރެޒިލަށް ވެސް ގޯލުތަކެއް ޖަހައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
