
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އަވަށްތަކާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރެއްވި ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ފަހު ބައްދަލުވުމުގައި، ހުޅުމާލެ 1 ގެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މާފުކުރުމާ މެދުގަ އެވެ. ބައެއް ފަރާތްތަކުން ވަނީ މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެ، ކުލި ނުދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން ފާޅުކޮށްފަ އެވެ.
މި ކަންބޮޑުވުންތަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ދެއްވަމުން ވިދާޅުވީ، ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރުން ނުވަތަ އެހެން ކަހަލަ ލުޔެއް ދިނުމަކީ، ރާއްޖޭގެ އިގުތިސާދަށް ގެއްލުމެއް ނުވާނެ ގޮތަށް، އަދި ދައުލަތުގެ ދަރަނި ދެއްކުމުގެ ރާވައިފައިވާ ކަންކަމަށް ހުރަހެއް ނާޅާނެ ގޮތަށް، ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށް ފަހު ނިންމަވާ ކަމަށެވެ. ރައްޔިތުންނަށް އޭގެ ބުރައެއް ނުޖެހޭނެ ގޮތަށް، ހަމަހަމަ އުސޫލެއްގެ ތެރެއިން މިކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، މާލެ ސަރަަހައްދުގައި ދައުލަތުން އަޅައިދީފައިވާ ފްލެޓުތަކެކޭ އެއްގޮތަށް ރަށްރަށުގެ ފްލެޓުތަކުގެ ކުލި ވެސް ވަނީ ކުޑަކޮށްދެއްވާފަ އެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކޮށް، އަދި ކުލި ނުދެއްކުމުން އަރާފައިވާ ބައެއް ޖޫރިމަނާތައް މާފުކޮށްދީފަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ދެ ކޮޓަރީގެ ކުލި 7،000ރ. އިން 6،000ރ. އަށް، އަދި ތިން ކޮޓަރީގެ ކުލި 9،000ރ. އިން 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އަށް ބަދަލެއް ނާންނާނެ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ސެކިއުރިޓީ ޑިޕޮޒިޓް 15،000ރ. އިން 6،000ރ. އަށް، އަދި ތިން ކޮޓަރީގެ ފްލެޓުގެ ޑިޕޮޒިޓް 25،000ރ. އިން 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
މީގެ އިތުރުން، ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ވެސް ވަނީ މާފުކޮށްދީފަ އެވެ. 2023 ވަނަ އަހަރުގެ ޖޫރިމަނާތައް މީގެ ކުރިން ވެސް މާފުކޮށްދީފައިވާ އިރު، މިފަހަރު މާފުކޮށްދިނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ. ހިޔާ ފްލެޓުތަކުގެ މަހު ކުއްޔަކީ 3،984ރ. ކަމަށް ވާއިރު، މެއިންޓަނެންސް ފީއާ އެކު ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަން ޖެހެނީ 4،984ރ. އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
