
ރާއްޖޭގައި ބެޑްމިންޓަންގެ ހިންގުން ހަރުދަނާކޮށް ބެޑްމިންޓަންގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ވާޖިދު އަލީ ޗައުދަރީ އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް އާއި ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. މިކަމާއި ގުޅޭ މަޝްވަރާތައް ކުރެއްވީ އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ވާޖިދު ސްޕޯޓްސް ކޮމިޝަނަރގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުގައެވެ. ރާއްޖޭގައި ބެޑްމިންޓަން ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކާއި ހިންގުމުގެ ދާއިރާގައި ހުރި ގޮންޖެހުތަކާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ބެޑްމިންޓަނަށް ކުރިޔަށް ދެވިދާވެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޠަލާލް ވަނީ ރާއްޖޭގެ ބެޑްމިންޓަނަށް ދިމާވި ހާލަތާއި އެ ހާލަތުން އަރަގަތުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭ މައުލޫމާތާއި ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ފާއިތުވެދިޔަ ތަނުގައި ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަނާއި ގުޅިގެން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ވާޖިދު ރާއްޖެ ވަޑައިގެންނެނެވީ ޑިސެމްބަރު 16 ވަނަ ދުވަހެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޭނާއަށް މަރުޙަބާ ދެންނެވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. ޕާކިސްތާނަށް ނިސްބަތްވާ ވާޖިދު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެތެރެއިން ރާއްޖޭގެ ބެޑްމިންޓަންގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ބެޑްމިންޓަން އޭޝިއާގެ ފަރާތުން ވަނީ ކަމާގުޅޭ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އައު ރައީސް އިޝްފާން އާއި އެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ރާއްޖެ ވަޑައިގެންނެވިއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ހައިސިއްޔަތު އިޔާދަކޮށް، އެ އެސޯސިއޭޝަނަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އަޅައިފައިވާ ސަސްޕެންޝަނުގެ އަބަދުން މި މަހުގެ ކުރީކޮޅު ވަނީ ވީއްލިފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
