
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ވިކްޓަރީގެ އައިޝަތު ޝަހާ ޝަރީފް ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭރިއާ ތެރެއިން ނިއު ރޭޑިއަންޓުންގެ ފޯވާޑް މަރިޔަމް ނޫރާ ފޮނުވާލި ބޯޅައެއް ގޯލަށް ވަނުމުގެ ކުރިން ސަލާމަތްކުރީ ވިކްޓަރީގެ ޑިފެންޑަރު ސަފިއްޔާ ރަފާއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އޭރިއާ ތެރެއިން ނޫރާ ފޮނުވާލި ހަމަލާއެއް ވިކްޓަރީގެ ގޯލްކީޕަރު ފާތިމަތު ސައުސަން ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ހިލޭ ޖެހުމަކުން ވިކްޓަރީގެ ބިދޭސީ ފޯވާޑް ލައިލާ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގެ 50 ވަނަ މިނެޓުގައި ރެފުރީ ވަނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ސަފީނާ ރުޝާނިޔާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ނިއު ރޭޑިއަންޓުގެ ފާތިމަތު ފައިހާ އަލީ ހަސަނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. މެޗުގެ ފަހު ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، ވިކްޓަރީން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ނއިު ރޭޑިއަންޓް ހުއްޓުވާފައެވެ.
މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި އޮތް ވިކްޓަރީ އާއި، ހަތަރުވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި، ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ބިސް ބުރު ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބަށް ތިން މެޗުން އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ލީގުގެ ދެން މެޗެއް ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
