
ރެއާލް މެޑްރިޑުގެ ނަތީޖާތައް ދަށްވެ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޯޗުގެ ބަސް ކުޅުންތެރިން ނޭހުން ކަމަށް ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ ބުނެފިއެވެ. ކުރިން ބާސެލޯނާ އާއި އާސެނަލް އަށް ކުޅުނު އޮންރީ އަކީ އަލޮންސޯގެ ދިފާއުގައި ވާހަކަ ދެއްކި ހަމައެކަނި މީހާއެއް ނޫނެވެ. އޭނާގެ ދިފާއުގައި ދުނިޔޭގެ އެންމެ މޮޅު ކޮޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޮންރީ ބުނީ ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެ މީހުން އަބަދުވެސް ބޭނުންވަނީ ނަތީޖާ ކަމަށެވެ. “ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރުމަކީ ދުނިޔޭގެ އެންމެ އުނދަގޫ ކަންތައް. އަލޮންސޯ އަކީ މޮޅު ކޯޗެއް. އެކަން އޭނާ ވަނީ ބަޔާ ލެވަކޫސެންގައި ސާބިތުކޮށްދީފައި. އެ ޓީމުގައި ކުޅުންތެރިން އޭނާގެ އަޑު އެހި. ރެއާލްގައި ކުޅުންތެރިން އޭނާގެ އަޑެއް ނާހާ. މިއީ މައްސަލައަކީ. އަހަރެން ވަރަށް ނުގަބޫލު ކަމެއް އެންމެ ހަ މަސް ދުވަހުން ކޯޗު ވަކި ކުރުމަކީ. އެކަމަކު ރެއާލް މެޑްރިޑުގައި އެކަން ކުރާނެ،” އޮންރީ ބުންޏެވެ.
އޭނަ އަދި ބުނީ ވަގުތު ދީފިނަމަ އަލޮންސޯ އަކީ ކުރިމަގުގައި ގާޑިއޯލާ ފަދަ ކޯޗަކަށްވުން ގާތް ކަމަށެވެ. މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދެމުންދާ ގާޑިއޯލާ އަކީ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްގައި އަލޮންސޯ އަށް ކޯޗެވެ. ރެއާލް އާއި ސިޓީ އިއްޔެރޭ ކުޅުނު މެޗުގެ ކުރިން ގާޑިއޯލާ ވަނީ އަލޮންސޯ ދިފާއުކޮށްފަ އެވެ. “ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރުމަކީ އުނދަގޫ ކަމެއް. އަހަރެން މެންޗެސްޓާ ސިޓީގައި މިދިޔަ ސީޒނުގެ މެދުތެރޭގައި ދަށް ނަތީޖާތަކެއް ހޯދި އިރު އެއީ ރެއާލް މެޑްރިޑުގައި ވީކަމެއް ނަމަ އެ މީހުން އަހަރެން ވެސް ވަކިކުރާނެ. ރެއާލް މެޑްރިޑުގައި ކުޅުންތެރިންނަށް ބާރު ދެނީ އެ މީހުން އަމިއްލަ އަށް. ކޯޗަށް ބާރު ދޭނަމަ ކަންކަން ތަފާތުވާނެ. އަލޮންސޯގެ އުސޫލުތައް ކުޅުންތެރިން ބުނާހާ ގޮތަކަށް ބަދަލު ކުރާކަށް ނުޖެހޭ. އޭނާ އަކީ މޮޅު ކޯޗެއް،” ގާޑިއޯލާ ބުންޏެވެ.
ރެއާލް މެޑްރިޑުން މިހާރު ވަނީ ޖެނުއަރީ މަހު ކުޅޭ ސްޕެނިޝް ސުޕަކަޕްގެ ނިޔަލަށް ކޯޗު ޒަބީ އަލޮންސޯ އަށް ނަތީޖާތައް ރަނގަޅު ކުރަން ވަގުތު ދިނުމަށް ނިންމައިފި އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
