
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގު 2025/26 ގައި ކުލަބު ވެލެންސިއާ އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މި މޮޅާއެކު ކުޅުނު 10 މެޗުން ހޯދި 20 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލުގެ 3 ވަނައިގައެވެ. ޓްރާންސްފާގައި ދެ ޓީމާވެސް ގުނު ބައެއް އައު ކުޅުންތެރިން ފެނުނުއިރު، މެޗުގެ ދެވަނަ ހާފުގައި ނިއުއާ އަލަށް ގުޅުނު މުހައްމަދު ފާސީރު ވަނީ ކުޅެން ނުކުމެ ލަނޑުވެސް ޖަހާފައެވެ. ވެލެންސިއާއާ އަލަށް ގުޅުނު ޑިފެންސިވް މިޑްފީލްޑަރ އުރުގުއާއީގެ އަމަޓިއަސް މާޓިނޭޒް ވަނީ މެޗުގައި ފުލްކޮށް އެ ޓީމަށް ކުޅެފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނިއުއަށް ދެއްކިފައެއް ނުވެއެވެ. ވެލެންސިއާއިން އެޓޭކު އުފެއްދުމަށް މަސައްތް ކުރިއިރު، މާ ނުރައްކާތެރި ހަމަލާއެއް ނިއުއިން ވެލެންސިއާ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ވެލެންސިއާއިންނެވެ. ވެލެންސިއާގެ ޑިފެންޑަރ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ އަތުލާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ނިއުއިން ފޮނުވާލި ހަމައެކަނި ހަމަލާ ގޯލަށް ވައްދާލިއިރު، މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ގޯމޭޒް ޑި ސިލްވާއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރެވެ. ފާސިރު މި ލަނޑު ކާމިޔާބުކުރީ 50 ވަނަ މިނިޓުގައި ހަސަން ރާއިފު އަހުމަދު ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން ވެލެންސިއާގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލިވިގެން އުޅެނިކޮށް، ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ ދެވަނަ ހާފުގަައިވެސް ރަނގަޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާއިދު މުހައްމަދު ޖަވީޒެވެ. އާއިދު މި ލަނޑު ޖެހީ މެޗުގެ 59 މިނިޓުގައެވެ. މިއީ ވެލެންސިޔާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގައި ހުސްކޮށްހުރި އާއިދުގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ. މި ލަނޑަށްފަހު އޭރިއާ ބޭރުން ނިއުގެ ޑި ސިލްވާ ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރިއިރު، އޭގެފަހުން އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޑި ސިލްވާ ނަގައިދިން ކޯނަރެއް އޭރިއާ ތެރެއިން ސާފުކޮށްނުލެވިގެން އުޅިނިކޮށް ރާއިފެވެ. މި ލަނޑަށްފަހު ވެލެންސިއާގެ ކީޕަރު ވިއޮރެލް ފައުލުކުރި ކަމަށް ބުނެ އޭނާ ވަނީ ހިތްހަމަނުޖެހިގެން ދަނޑުން ފައިބަން މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން ކީޕަރު ހުއްޓުވީ ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ. މި މެޗުން ނިއު މޮޅުވިއިރު، މި ދެ ޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ އެ ޓީމުންނެވެ. މިއީ ލީގުގައ ނިއުއިން ހޯދި ހަވަނަ މޮޅެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
