
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ލީގުގައި ޓީސީ ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން އެޓީމު މޮޅުވަމުން އައި ފޯމު ދަމަހައްޓައިފިއެވެ. ދެވަނަ ބުރުގައި އޮޑިން ކުޅުނު ފުރަތަމަ މެޗު އެޓީމުން ލާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މި މޮޅާއެކު ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮޑި އޮތީ ލީގުގެ ދެވަނައިގައެވެ. ދެޓީމުން ވެސް މެޗަށް ނުކުތީ ޓްރާންސްފާ މާކެޓުގައި ޓީމަށް ގެނައި ބަދަލތަކާއެކުއެވެ. ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީސީ ރަނގަޅު ގޭމެއް ކުޅުނު އިރު ހަމަލާތައް އުފެއްދުމުގައި އޮޑިން ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި އޮޑިއަށް ޖަހައިދިނީ އަބްދުﷲ ލޫތު އިބްރާހިމްއެވެ. މި ލަނޑަށްފަހު ޓީސީ ރަނގަޅަށް ކުޅުނު އިރު ޓީސީގެ މުހައްމަދު ދާނިޝް ފޮނުވާލި ހަމަލާ ދޔައީ ދަނޑިމަތިން ބޭރަށެވެ. އޭގަދަހުން އެޓީމުގެ ބިދޭސީ ފޯވާޑް ބޯއަޑޫ ޕްރިންސްއަށް ލިބުނު ފުރުސަތު ވެސް ވަނީ ބޭނުން ކުރެވޭ ގޮތް ނުވެފައެވެ. މިމެޗުގައި އޮޑިން ޖެހި ދެވަނަ ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 42 ވަނަ މިނިޓުގައި މެޗުގަ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިބްރާހީމް ވަހީދު ހަސަން އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ އިބްރާހިމް ވަހީދު ގޯލަށް ވައްދާލީ ކީޕަރު ބޯމަތިންނެވެ. މެޗުގައި ދެވަނަ ހާފުގައި ވެސް ޓީސީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޮޑިގެ ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތު ތެރޭގައި މުޒްދާން ހަސަން އޭރިއާ ތެރެއަށް ވަދެ ގޯލިގެ ކައިރި ކަނަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މިއީ މި ލީގުގައި އޮޑިން ހޯދި 8 ވަނަ މޮޅެވެ
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
