
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޖަޕާނުގެ ކުޅިވަރު ވުޒާރާއާއި އެކި އިދާރާތަކާ ގުޅިގެން ދިވެހި ކުޅުންތެރިންނާއި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ދާދިފަހުން ޢައްޔަނުކުރެއްވި އަޙުމަދު މަހްލޫފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ބުރާސްފަތި ދުވަހު ކުޅިވަރު ވުޒާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ކުރީގެ ކުޅިވަރު ވަޒީރު އަދި މިހާރު ޖަޕާނަށް ކަނޑައަޅުވާފައިވާ ސަފީރު މަހްލޫފް ވަނީ ޖަޕާނާއި ގުޅިގެން ކުޅިވަރުގެ ދާއިރާއިން ހާސިލުކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަޒީރުގެ އަރިހުން އޮޅުންފިލުއްވާފައެވެ. އަދި މަހްލޫފްގެ ސަފީރުކަމުގައި ދެގައުމުގެ ކުޅިވަރު ވުޒާރާ މެދުވެރިކޮށް ގުޅުން ބަދަހި ކުރުމާއި ރާއްޖޭގެ އެތުލީޓުންނާއި ކުޅިވަރު ދާއިރާއިން މީހުން ބިނާ ކުރުން ފަދަ މުހިންމު ދާއިރާތަކަށް ޖަޕާނުން އެހީ ހޯދިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ވަޒީރު ވަނީ ކުޅިވަރުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ މުހިންމު ކަންކަން މަހްލޫފާއި ހިއްސާ ކުރައްވާފައެވެ. އަދި ދެގައުމުން އެއްބާރުލުން ދެވިދާވެ ކުޅިވަރުގެ ދާއިރާތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ކުޅިވަރުގެ މީހުން ބިނާ ކުރުމާއި ވަސީލަތްތައް ބިނާ ކުރުމާއި ގުޅޭ ގޮތުން މިއަހަރުގެ ކުރީކޮޅު ކުޅިވަރު ވަޒީރު ވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން ކުޅިވަރުގެ ތަރައްޤީއަށް ހިންގާ އެކި ޕްރޮގްރާމުތަކުގައި މިހާރުވެސް ޖަޕާނުން ބައިވެރިއެވެ.
އެގޮތުން ރާއްޖޭގެ ކޯޗުންނާއި އޮފިޝަލުންނަށް ހިންގާ ޕްރޮގްރާމުތަކު ކިޔަވައި ދެއްވުމަށް ޖަޕާނުގެ ތަޖުރިބާކާރުން ރާއްޖޭގައި އެކި ފަހަރު މަތިން ހަރަކާތްތެރިވެފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ޖަޕާނުގައި ބާއްވާއިރު ރާއްޖޭގެ އެތުލީޓުންނަށް ފަހި އިންތިޒާމުތަކެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އެކު ޖަޕާނުން އަންނަނީ މަޝްވަރާތައް ބާއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
